ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ބައެއްގެ އެދުމަށް، ޕީއެންސީގެ އެތެރޭގެ އިންތިހާބު ފަސްކޮށް ނޮވެމްބަރު މަހަށް

މަރުހަބާ – ދިވެހީންގެ ރާއްޖެ މަޖިލީހަށް ނަމުގައި ޕީއެންސީ އިން ބޭއްވި އުފާ ފާޅުކުރުމުގެ ޖަލްސާ ---- ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިހާބު އަންނަ ނޮވެމްބަރު މަހަށް ފަސްކުރުމަށް ނިންމައިފި އެވެ.

އަންނަ އޮކްޓޯބަރު މަހުގެ 19 ގައި ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތް އިންތިހާބު ފަސްކޮށްފައި ވަނީ ނޮވެމްބަރު 09 އަށެވެ.

އިންތިހާބުގެ ތާރީހަށް ބަދަލު ގެނެސް، ޕީއެންސީ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދާއިރާތަކަށް ކެންޑިޑެސީ ހުށެހެޅުމަށް ހުޅުވާލާފައި އޮތް ފުރުސަތު ވެސް އަންނަ މަހުގެ 24 އަށް ދަންމާލާފައިވާކަމަށެވެ. އޭގެ ސަބަބެއްކަމަށް ޕާޓީން ބުނެފައި ވަނީ، ގިނަ ބަޔަކު އިތުރު ވަގުތު ބޭނުންވާތީ އެކަމަށް ހުށަހަޅަމުން ދިއުމެވެ.

ޖުމްލަ 2095 މަގާމަކަށް މެންބަރުން އިންތިހާބުކުރުމަށް ހުޅުވާލީ ތިން ގިންތިއަކުންނެވެ. މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ރަށްރަށުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން ހޮވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ދާއިރާތަކުގެ ރައީސުންނަކީ އެ ދާއިރާއެއްގެ މަޖިލިސް މެންބަރުންނެވެ. އެހެންކަމުން 75 ދާއިރާއެއްގެ ރައީސުންގެ ގޮތުގައި ތިއްބަވާނީ އެ ދާއިރާތަކުގެ މަޖިލިސް މެންބަރުންނެވެ. ބާކީ 18 ދާއިރާގެ ދާއިރާ ރައީސުން އިންތިހާބުކުރާއިރު 93 ދާއިރާއެއްގެ ދާއިރާ ނައިބުރައީސުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލިއިރު، ދާއިރާ ރައީސުންނާއި ނައިބުރައީސުންގެ ގޮތުގައި ޖުމްލަ 111 ބޭފުޅަކު އިންތިހާބުކުރުން އޮންނާނެ އެވެ.

ކޮންމެ ރަށަކުން ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސަކާއި އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސެއް އިންތިހާބުކުރާއިރު ސިޓީތަކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ކޮންމެ ދާއިރާއަކުން ޒުވާނުންގެ ހަރަކާތުގެ ރައީސަކާއި އަންހެނުންގެ ހަރަކާތުގެ ރައީސެއް އިންތިހާބުކުރާނެ އެވެ. ޒުވާނުންގެ ހަރާކތާއި އަންހެނުންގެ ހަރަކާތުގެ ރަށު އަދި ދާއިރާ ރައީސުންގެ ގޮތުގައި ޖުމްލަ 420 މެންބަރުން އިންތިހާބުކުރަންވަނީ ހުޅުވާލާފަ އެވެ.

އޭގެ އިތުރަށް 3،000 އަށްވުރެ އާބާދީ ކުޑަ ކޮންމެ ރަށަކުން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް، އަދި 3،000 އަށްވުރެ ބޮޑެތި އާބާދީތައް އޮތް ރަށްރަށުން ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް އިންތިހާބުކުރާނެ އެވެ. ސިޓީތަކުގައި ކޮންމެ ދާއިރާއަކުން ސްޓިއަރިން ކޮމިޓީއެއް ހޮވާނެ އެވެ.

ސްޓިއަރިން ކޮމިޓީތަކުގައި އާންމު މެންބަރުންގެ އިތުރަށް އަންހެނުންގެ މެންބަރަކާއި ޒުވާނުންގެ މެންބަރަކު ހިމެނޭނެ އެވެ.

އެގޮތުން ސްޓިއަރިން ކޮމިޓީތަކުގެ އާންމު މެންބަރުންގެ ގޮތުގައި 1،144 މެންބަރުން އަދި ޒުވާނުންގެ މެންބަރުންނާއި އަންހެނުންގެ މެންބަރުންގެ ގޮތުގައި 420 މެންބަރުން އިންތިހާބުކުރަންވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: