ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުޝްމިނުންނާއި ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލާނަން: ހިޒްބުﷲ

ހަސަން ނަސްރުﷲ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އިސްރާއީލުން މަރާލާފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

މީޑިއާތަކުން ބުނާގޮތުން ހިޒްބުﷲ ޖަމާއަތް އުފެއްދުމުގައި އިސް ދައުރެއް އަދާކުރި އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ މަރާލާފައިވާކަން ކަށަވަރުކޮށްދިނުމާއިއެކު މުޅި މެދުއިރުމަތިން އެކަމުގެ އަސަރުތައް ފެންނަމުންދާކަމަށެވެ. އަދި އޭނާއަކީ އެ ސަރަހައްދުގައި ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުންވެސް މަގުބޫލު ލީޑަރެއްގެ ގޮތުގައި 30 ވަރަކަށް އަަހަރުގެ މުއްދަތަކަށް ދެމި ހުރެފައިވާ ފަރާތެއްކަމަށެވެ.

އިސްރާއީލުންވަނީ އެ ގައުމަށް ދީފައިވާ ބޮޑެތި ހަމަލާތަކުގެ ފަހަތުގައި އޭނާ ވާ ކަމުގެ ތުހުމަތުތައް އެކި ފަހަރުގެ މަތިންކޮށްފައެވެ. އަދި މަރާލުމަށް ކަނޑައެޅިފައިވާ މީހުންގެ ލިސްޓުގައި ހިމަނާފައިވާތާ އެތައް އަހަރެއް ވެފައިވާކަމަށްވެސް ފާހަގަކުރެއެވެ. އަދި އޭނާއަކީ މިހާތަނަށް އިސްރާއީލުން މަރާލި މީހުންގެ ތެރޭގައި އެކަމުގެ ސަބަބުން މައްސަލަތައް އުފެދިގެން އައުމުގެ ފުރުސަތު އެންމެ ބޮޑު އަމާޒުކަމަށެވެ. މިކަމުގެ ސަބަބުން ލުބުނާނު އަދި އިސްރާއީލުގެ ދެމެދު ކުރެވެމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވޭކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

އިސްރާއީލުން ބުނާގޮތުން އެ ގައުމުންވަނީ ހިޒްބުﷲ ޖަމާއަތުގެ ލީޑަރުން ހެޑްކުއާޓަރއަށް އެއްތަންވި ވަގުތުގައި އެ ތަނަށް އަމާޒުކޮށްގެން ހަމަލާ ދީފައިކަމަށެވެ. ލުބުނާނުގެ ރައްޔިތުންވަނީ ހަސަން ޝަހީދުވުމުގެ ހިތާމަ ފާޅުކޮށްފައެވެ. އެގޮތުން އެ ގައުމުގެ އެކި ސަރަހައްދުތަކުން ވައިގެ ތެރެއަށް ބަޑިޖަހާ އަޑު އިވިގެންދިޔަކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.

ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް އާންމުނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވާގޮތުން ހިޒްބުﷲ ޖަމާއަތުގެ އިސްވެރިޔާ މަރާލުމަކީ ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އޭނާއަކީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި އެންމެ އިސްކޮށް ހުންނަ އެކަކު ކަމަށްވެސް ސިފަކުރިއެވެ.

އޭނާ ބުނެފައިވާގޮތުން ހަސަން ނަސްރުﷲ މަރާލުމުގެ ސަބަބުން ގެދޮރު ދޫކޮށްލަން ޖެހުނު އިސްރޭލުގެ އުތުރުގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަށް އަނބުރާ ގެތަކަށް ދިއުމަށް ފަހިވެގެންދާނެކަމަށާއި ޣައްޒާގައި ހަމާސް އިން ގެންގުޅެމުންދާ ރަހީނުން ދޫކޮށްލުމަށްވެސް ބާރުއެޅިގެންދާނެކަމަށެވެ. އެހެންނަމަވެސް މި ހަމަލާއަށް ހިޒްބުﷲ ޖަމާއަތުން ޖަވާބެއް ދިނުމުގެ ފުރުސަތު ބޮޑުކަމަށްވުމުން ކުރިއަށް އޮތް ދުވަސްތަކުގައި ގޮންޖެހުންތަކާއި ކުރިމަތިލުން އެކަށީގެންވާކަމަށެވެ. އަދި އޭނާވަނީ އީރާނުން އެ ގައުމަށް ހަމަލާއެއް ދިނުމަށް މަސައްކަތްކުރުމާއި ދެކޮޅަށް އިންޒާރުތަކެއްވެސް ދީފައެވެ.

އޭނާ ބުނެފައިވާޣޮތުން އިސްރާއީލަށް މެދުއިރުމަތީގައި ވާސިލުނުވެވޭނެ އެއްވެސް ތަނެއް ނެތްކަމަށާއި މިހާރު އެކަން ސާފުވެފައިވާނެކަމަށެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީއިން ބުނެފައިވާގޮތުން އެ ހަމަލާގައި 6 މީހަކު ނިޔާވެފައިވާކަމަށެވެ. އަދި 91 މީހަކަށް ޒަހަމްތައް ލިބިފައިވާކަމަށާއި މީހުން ދިރިއުޅެމުންދިޔަ 6 އިމާރާތެއް ބިމާ ހަމަވެފައިވާކަމަށްވެސް ބުނެފައިވާއިރު ހިޒްބުﷲގެ ކޮމާންޑަރުންތަކެއްވެސް މަރާލެވުނުކަމަށް އިސްރާއީލުން މައުލޫމާތު ދީފައިވެއެވެ.

ހިޒްބުﷲ އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައިވާގޮތުން، އެތައް ޒަމާނެއް ވަންދެން އެ ޖަމާއަތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހަސަން ނަސްރުﷲ ޝަހީދުވެފައިވާކަމަށެވެ. އެހެންނަމަވެސް ފަލަސްތީނުގެ ހައްގުގައި ދުޝްމިނުންނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: