ޑްރަގް އެމްފޯސްމަންޓްއިން ކޮށްފައިވާ މަސައްކަތުގެ ތެރެއިން 712 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.
މިދިޔަ ޖެނުއަރީ މަހު އެކަކުން ފެށިގެން އޮގަސްޓު މަހުގެ 31 އަށް ގޭންގް ކްރައިމް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުމްލަ 113 އޮޕަރޭޝަން ކުރިޔަށް ގެންދިޔަ އެވެ. މި އޮޕްރޭޝަންގެ ތެރެއިން 8،554 މީހުން ވަނީ ބަލައިފާސް ކޮށްފައެވެ.
ފުލުހުން ހިންގި މި އޮޕްރޭޝަނުގެ ތެރެއިން، 712 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި 80 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި ވެއެވެ. އަދި ފުލުހުންގެ ޑިޕާޓްމަންޓުން ހާމަކުރިގޮތުގައި މި އަހަރު އޮގަސްޓު 31 ގެ ނިޔަލަށް 158.8467 ކިލޯ މަސްތުވާތަކެއްޗާއި، 5252 ފުޅި ބަނގުރާ ވަނީ އަތުލައިގަނެވުނެވެ. އެތަކެތީގެ މަގުމަތީ އަގު 282 މިލިއަން ރުފިޔާއަށް އަރައެވެ.
މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

