ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ މަސައްކަތުން ބޭރު ދުނިޔެ ރާއްޖެއާއި މެދު ދެކޭ ގޮތް ތަފާތު، ކުރާ އިހުތިރާމް ބޮޑު: މުންދު

ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ”އެންމެ ފުރަތަމަ ދިވެހިރާއްޖެ“ ޕޮލިސީ ދުނިޔޭގެ ގައުމުތަކުން ބަލައިގަނެ، ކުރާ އިހުތިރާމް އިތުރުވަމުންދާކަމަށް ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

އދ ގެ  އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ އދ ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގުރީރު ކުރައްވާފައެވެ.

މިއީ މީގެ 59 އަހަރު ކުރިން، އދ ގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ބައްދަލުވުންތަކުގެ ތެރެއިން، މުހިންމު ގިނަ ތަގުރީރުތައް ދެއްވައި، ރައީސް މުއިއްޒު ވަނީ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއާއެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރައްވާފައެވެ. އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައި، ދޭދޭ މަޝްވަރާތައް ރައީސް ކުރިޔަށް ގެންދެވި އެވެ.

ރައީސް މުއިއްޒު ދެއްވި ތަގުރީރުތަކުގެ ތަފްސީލުތަކަށް ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމުގައި މުންދު ވިދާޅުވީ ގައުމެއްގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތް ކުރެވޭނީ އެންމެ ފުރަތަމަ އެބައެއް އިސްކޮށްގެން ކަމަށެވެ. އެވަގުތަކު ހިތްހަމަޖެހޭ ގޮތަށް ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުން ނިކުންނާނީ އެދެވޭ ނަތީޖާތަކެއް ނޫންކަން މިދިޔަ ފަސް އަހަރުގައި އެނގިގެން ދިޔަކަން އޭނާ ފާހަގަކުރި އެވެ.

ރާއްޖެ ޔޫއެންގެ މެމްބަރަކަށް ވިތާ 59 އަހަރުވެގެން އައިއިރު ހިމެނުނީ، ފަގީރު މެމްބަރު ގައުމުތަކުގެ ތެރޭގައި ނަމަވެސް މިވީ އަހަރުތަކުގެ ތެރޭގައި ރާއްޖެ ބަދަލުވެ ކުރިއަރަމުން އައި ގޮތް ރައީސް ހާމަކުރެއްވީ އަންނަން އޮތް ޖީލުތަކަށް ގެނެސްދޭ ތަސައްވުރަކާއި އެކުކަމަށް މުންދު ވިދާޅުވި އެވެ. އޭރު ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިއްހީއާއި ތައުލީމު އޮތް ހިސާބުން މިއަދާއި ހަމައަށް ރާއްޖެ މެދުމިނުމުގެ ގައުމުތަކުގެ ތެރެއިން ވެސް އެންމެ ފުދުންތެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން ރައީސްގެ އަމާޒަކީ 2040 ވަނަ އަހަރާއި ހަމައަށްދާއިރު އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިގެން ދިއުންކަމަށް މުންދު ވިދާޅުވި އެވެ.

އެ ޕޮލިސީ އަޅުގަނޑުމެން އެބަ ޖެހެޔޭ ޒަމާންތަކަކަށް ނުކުޅެ ގެންގުޅެން.. އޭރަށް އަޅުގަނޑުމެންގެ ޕޮލިސީ ސާފުވާނެ ބޭރު ދުނިޔެއަށް.. އަނެއްކާ މާދަން ޓުއަރިޒަމް ބޮއިކޮޓުކޮށް، މިބޭފުޅުން އެއްޖިސުން ގުޅުން ހިންގުން ޕްރޮމޯޓުކޮށް.. މި ހުރިހާ ސަކަރާތެއް ޖެހީމަކާ.. މިދެންނެވިހެން ރާއްޖެއަކީ ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ހިންގާ ތަސައްރަފު ފުދިފައިއޮތް ޑިމޮކްރެޓިކް.. ރައީސް އެ ވިދާޅުވިހެން މިޑްލް އިންކަމް ގައުމެއްގެ ގޮތުގައި އޮވެފަ، މާދަމާ އެންމެ މަތީ ހަރުފަތަށް.. ޑިވެލޮޕްޑް ގައުމަކަށް ވާން ހުވަފެން ދެކުން އަންނަ ގައުމަކަށް ބަލައިނުގަންނާނެ ނޫންތޯ.. މިއަދު ބަލައިގަންނާނެ ނޫންތޯ.. މި ރައީސް މި ކުރެއްވި އެއް ހަފްތާގެ މަސައްކަތުގެ ނަތީޖާ ފެންނާނެ ކުރިޔަށް އޮތް މަސްތަކުގައި.. މީހުން އަޅުގަނޑުމެންނާއި ބައްދަލުވާއިރު ވާހަކަ ދައްކާ ގޮތް ތަފާތުވާނެ.. ދެކޭ ގޮތް ތަފާތުވާނެ..

މުންދު ވިދާޅުވީ މީގެ ކުރިން ޔޫއެންއަށް ދަތުރު ކުރެއްވި ބައެއް ވެރިން، ތަގުރީރަށް ފަހު ބެއްލެވީ ވިޔަފާރި ކުރުމައިގެން ޝާމިލުވެ އުޅުމަށް ކަމަށެވެ. އަދި ގައުމުގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ދައުރު ނިންމާލީ ޔޫއެންއަށް ވަޑައިނުގެންކަން ފާހަގަކޮށް ވިދާޅުވީ ރައީސް މުއިއްޒު ކުރިޔަށް ގެންދެވި ބައްދަލުވުންތަކުގެ ނަތީޖާ ކުރިޔަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެކަމަށެވެ.

މުންދު ވިދާޅުވީ ބޭރުގެ ގައުމުތަކުން ރާއްޖެއާއި މެދު ދެކޭ ގޮތް ތަފާތުވަމުންދާކަމަށާއި، އެ ގައުމުތަކުން ރާއްޖެއަށް ނުހަނު އިހުތިރާމް ކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: