މީގެ ދެ އަހަރު ކުރިން ކުއްލި ގޮތަށް މަރުވެފައި އޮއްވައި ފެނުުނު ވިޔަފާރިވެރިޔާ ހާޝިމް މުހައްމަދުގެ ވިޔަފާރިތައް ފޯޖުކޮށްގެން އަމިއްލަ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާއިލްގެ މައްޗަށް ތުހުމަތުކޮށް ހުށައެޅި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ހއ. ހޯރަފުއްޓަށް ނިސްބަތްވާ ހާޝިމް މަރުވެފައި އޮއްވައި ފެނުނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށްވާއިރު އޭނާގެ އާއިލާގެއިން ތުހުމަތުކުރާ ގޮތުގައި އޭނާގެ ވިޔާފާރީގެ ފައިސާގެ ކަންކަން ބަލަހައްތަން ހަވާލުކޮށްފައި ހުރި ބަންގްލަދޭޝް މިހަކާ ގުޅިގެން އެ ވިޔަފާރިތައް ވަނީ ޖަލީލުގެ ނަންމައްޗަށް ބަދަލުކޮށްފައެވެ. އެކަން ކޮށްފައި ވަނީ ހާޝިމްގެ ދަރިފުޅުގެ ސޮއި ފޯޖުކޮށްގެން ކަމަށް ލިޔުންތަކެއް ތައްޔާރުކޮށްގެން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ފޯޖަރީގެ މައްލައެއް މިމަހުގެ 19 ވަނަ ދުވަހު އެ ހިދުމަތަށް ހުށައަޅާފައިވާ ކަމަށާއި އެހެންކަމުން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އޭގެ ފަހުން ޖަލީލު ފިހާރަައެއްގެ ތެރޭގައި ހުއްޓައި އޭނާ އާއި އެހެން ބަޔަކާ ދެމެދު ހަމަނުޖެހުން ތަނެއް ހިނގައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން އެ މައްސަލަވެސް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ފުލުހުން ބުނެފައިވަނީ މި މައްސަލަކީ މުދަލާ ގޯތީގެ މައްސަލައަކީ މުދަލާއި ގެދޮރުގެ މައްސަލައަކަށް ވާތީ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ދެފަރާތައްވެސް އިރުޗާދު ދީފައިވާ ކަމަށެވެ.
ހާޝިމްގެ އާއިލާގެ މެމްބަރުންތަކެއް، ފިހާރައަކުން ނެރެ ޖަލީލު ގަދަ ހަދާ ވީޑިއޯއެއް މީގެ ދުވަސްތަކެއް ކުރިން ސޯޝަލް މީޑީއާގައި އާންމުވި އެވެ. ފުލުހުން ވެސް އެ ވަގުތު އެ ސަރަހައްދުގައި ތިބިއިރު، އާއިލާގެ މެމްބަރުން ދިޔައީ ޑޮކިއުމަންޓުތައް ފޯޖުކޮށްފައިވާކަން ފާހަގަކޮށް ފޯނުގައި ހުރި ލިޔެކިއުންތަކެއް ދައްކަމުންނެވެ.

