ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާޝިމްގެ މަރާ ގުޅޭ ކަންބޮޑުވުންތައް އާއިލާއިން ހުށަހެޅުމުން، ފުލުހުން މައްސަލަ ބަލަނީ

ހާޝިމް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދެ އަހަރު ކުރީން ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ ހާޝިމް މުހައްމަދުގެ މަރުގެ މައްސަލައިގައި އާއިލާގެ ކަންބޮޑުވުންތައް ހުރުމުން އަނެއްކާވެސް އެކަން ބަލަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ހއ. ހޯރަފުށިއަށް ނިސްބަތްވާ ހާޝިމް މަރުވެފައި އޮއްވާ ފެނުނީ، 2022، ޖެނުއަރީ 2 ގައި އޭނާ ދިރިއުޅެމުން ދިޔަ ގެގޭ ތެރެއިންނެވެ. ހާޝިމް މަރުވެފައި އޮއްވައި ފެނުނުއިރު، ސުވާލު އުފެދޭ ކަންތަކެއް ހުރުމުން އެ މައްސަލަ އޭރު ފުލުހުން ތަހުގީގު ވެސް ކުރި އެވެ. އެހެން ނަމަވެސް ފަހުން ފުލުހުން ނިންމީ ހާޝިމްގެ މަރުގައި ބައެއްގެ ބައިވެރިވުން އޮތްކަމަށް ނުބެލެވޭކަމަށެވެ.

ހާޝިމްގެ ކުއްލި މަރާއި، އޭނާގެ މަރުގައި ޝައްކުތަކެއް އެކުލެވޭތީ އެކަން އޭރު މީޑިއާތަކުން ވެސް ގެނެސްދީފައި ވެއެވެ. ނަމަވެސް ފަހުން ފުލުހުން ގޮތް ނިންމުމަށް ފަހު، އިތުރު ތަހުގީގެއް ކުރިޔަށް ގެންގޮސްފައި ނުވެ އެވެ.

ހާދިސާއަށް ދެ އަހަރު ފަހުން އަނެއްކާވެސް މައްސަލަ ފެންމަތިވެގެން އައީ، އޭނާ ހިންގަމުން އައި ވިޔަފާރިތަކުގެ ލިޔެކިއުންތައް ފޯޖުކޮށްގެން، ވިޔަފާރިތައް ނަގާފައިވާކަމަށް ދެކެވުނު ވާހަކައާއި އެކު އެވެ. އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލްޖަލީލު އިސްމާއިލްގެ މައްޗަށް ހާޝިމްގެ އާއިލާ ކުރާ އެ ތުހުމަތުތަކާއި ގުޅޭގޮތުން ނޫސްވެރިން ވަނީ ތަކުރާރުކޮށް ފުލުހުންނާއި ސުވާލުކޮށްފަ އެވެ.

މި މައްސަލައިގައި ސުވާލުތައް ގިނަވެ، މީޑިއާ އޮފިޝަލް ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ހާޝިމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ ފޯނު ބަލާފައިވާނެކަމަށެވެ. އަދި ފޯނުން ބޭނުންވާ މައުލޫމާތުތައް ނެގުމަށް ފަހު، ތަހުލީލުތައް ފުރިހަމަކޮށް އާއިލާއަށް ހަވާލުކޮށްފައިވާނެކަމަށެވެ. އެ ގެއިން އިތުރު އެއްވެސް އިލެކްޓްރޯނިކް ސާމާނެއް ގެންގޮސްފައި ނުވާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައްސަލައިގެ ތަހުގީގު ނިމިފައި ވަނިކޮށް، އާއިލާގެ ކަންބޮޑުވުންތަކެއް ލިބިފައިވާތީ ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ވަރަށް ގަދަ
12%ވަރަށް ގަދަ 47%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 18%ވަރަށް ދެރަ 12%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: