ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ދޫކުރަން ޖެހޭ 17 މިލިއަން މި ހަފްތާގައި ޖަމާވާނެ: މިފްކޯ

ރަށެއްގެ ބަނދަރުމައްޗަށް މަސް ބާލަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން، 17.3 މިލިއަން ރުފިޔާ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވަނެކަމަށް މިފްކޯއިން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯއިން ބުނެފައި ވަނީ، މިދިޔަ މަހުގެ 24 އިން ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ އަގު 17.35 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. ސަރުކާރުގެ އެހީތެރިކަމާއި އެކު ފައިސާ އޮޑިވެރިންނަށް އެއްކޮށްދީ ނިންމާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާއިރު، މިފްކޯއިން ދަނީ ކަމާއިގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

މީގެއިތުރުން މިފްކޯއަށް މާލީ ގޮތުން ގޮންޖެހުންތައް ދިމާވެފައިވާތީ ކުންފުނިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ދަތިތައް ފިލުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅާފައިވާކަން އިއުލާނުކޮށްފައެވެ. އެގޮތުން ޖުމުލަކޮށް ފަސް އަހަރުގެ ތެރޭގައި 2.5 ބިލިއަންގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގައި، މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ.ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގައި ހިމެނޭ ކޭނަރީގެ ޑިޒައިނިންގ މަސައްކަތް ކުރުން ހިމެނެ އެވެ.

މިފްކޯއިން ބުނެފައިވާގޮތުން ޗައިނާ ކޮންޓްރެކްޓްރަކާއި، ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ފެށި މި މަޝްރޫއުގެ ތެރެއިން އަލަށް ގާއިމްކުރާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެން ދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: