ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

9 މިލިއަން ރުފިޔާ ގެއްލި ހިނގި ޕީއެސްއެމްގެ ހިޔާނާތް: އޭސީސީ ދަނީ މައްސަލަ ބަލަމުން

ޕީއެސްއެމް ހިންގާ އިމާރާތް / ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމާ ގުޅޭ 100 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބޮޑެތި އޮޅުވައިލުންތައް އޮޅުވާލާފައިވާކަން އެ ކުންފުނީގެ ކުރީގެ އޮޑިޓަރު، ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި 2022 ވަނަ އަހަރު ވިދާޅުވެފައި ވެއެވެ. އެކަމަކު މިފަހުން ފެންމަތިވީ ޑޮލަރު މާރުކުރުމަށާއި، އާމްދަނީން އަދި ތިޖޫރީން 9 މިލިއަން ރުފިޔާ ގެއްލުނުކަން އޮޑިޓު ރިޕޯޓުން އެނގުނު މައްސަލަ އެވެ. މުޅި މައްސަލައިގެ އޮޑިޓުން ހާމަވި ގޮތުގައި ޕީއެސްއެމްގެ ގިނަ އަދަދެއްގެ ފައިސާ ވަނީ ތަނުގެ ކުރީގެ ފިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.

އޭސީސީ އާންމު ކުރި ބަޔާނެއްގައި ބުނީ، މިއީ ޕީއެސްއެމްއިން އެ ކޮމިޝަނަށް ހުށަހަޅައިގެން މި އަހަރުގެ ޖުލައި މަހުން ފެށިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި، ކޮމިޝަނުން ވަނީ މައްސަލައިގެ ޕްލިމިނަރީ ތަހުގީގު ނުވަތަ ފުރަތަމަ މަރުހަލާ ނިންމައި ތަހުގީގު ކުރަން ޖެހޭ އިތުރު ކަންކަން ހުރުމާއި އެކު އެ މައްސަލަތައް ބަލަން ފަށާފަ އެވެ.

ޕީއެސްއެމްގެ ހާއްސަ އޮޑިޓު ކުރިޔަށް ދިޔައިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮމިޝަނާއި މަޝްވަރާކޮށް މައްސަލައާއި ގުޅުން ހުރި ހެކިތަކަށް އަސަރު ނުކުރާނެ ގޮތަށް ދެ މުވައްސަސާ މަސައްކަތްކޮށްފައިވާނެކަމަށް ކޮމިޝަނުން ބުންޏެވެ.

އޭސީސީ ބުނީ މި މައްސަލަ ފުލުހުންގެ ފަރާތުން ވެސް ތަހުގީގުކޮށްދޭން އެދި މި މަހުގެ ތެރޭގައި ފޮނުވާފައިވާ ކަމަށެވެ.

އޮޑިޓުން ހާމަވި ގޮތުގައި ކުންފުނިން ގެއްލިފައި ވަނީ 2020 އިން 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޖަމާކޮށްފައިވާ 4.6 މިލިއަން ރުފިޔާ އަދި 2017 އިން 2024 ގެ އޭޕްރިލް މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު 4.3 މިލިއަނުން ތިޖޫރީގައި ހުރީ އެއްލަކަ ނުވަދިހަ ހާސް ރުފިޔާ ކަމަށެވެ. އަދި ޑޮލަރި ގަތުމަށް 5.8 މިލިއަން ރުފިޔާ ނެގި ނަމަވެސް، އެ ފައިސާގެ 80 އިންސައްތަ ލިބިފައިނުވާކަމަށް އޮޑިޓުން ދައްކަ އެވެ.

ތިންލައްކައަށް ވުރެ ގިނަ އޮޑިޓުން، ޕީއެސްއެމަށް ލިބިފައި ވަނީ 76،731 ޑޮލަރެވެ. އަދި ކުންފުނީގެ އެކައުންޓަށް ދެން ވަން ޖެހޭ 297،257 ޑޮލަރު ޖަމާވެފައި ނެތްކަން ސްޓޭޓްމަންޓުތަކުން ދައްކަ އެވެ.

ޑޮލަރުގެ މުއާމަލާތަށް 4.5 މިލިއަން ރުފިޔާ ދޫކުރީ، ޗެކު މެދުވެރިކޮށް ދޫކުރިއިރު، ގެ ތެރެއިން 968،580ރ. އާ ހަވާލުވެ، ސޮއިކޮށްފައި އޮތީ ޕީއެސްއެމްގެ ފިނޭންސް ޑައިރެކްޓަރެވެ. މައްސަލައިގެ ސަސްޕެންޝަނުގައި އޭނާ ބެހެއްޓުމަށް ފަހު، މިދިޔަ މޭއި މަހުގެ ތެރޭގައި އޭނާ ވަޒީފާއިން ވަކިކޮށް މައްސަލަ ފުލުހަށް ހުށަހެޅީ ޕީއެސްއެމް އެވެ.

އޮޑިޓުން ދައްކާ ގޮތުން ޑޮލަރު ގަންނަން ހިންގި މުއާމަލާތެއްގައި 1.2 މިލިއަން ރުފިޔާ ހަނީފުގެ ދަރިއެއްގެ ބޭންކް އެކައުންޓަށް އެކި ފަހަރު މަތިން ޖަމާކޮށްފައިވެ އެވެ.

ޑޮލަރު ގަތުމަށާއި އާމްދަނީއާއި ނަގުދު ފައިސާގެ ތެރެއިން ގެއްލުނު 9 މިލިއަން ރުފިޔާ ހޯދުމަށާއި، މިކަމުގައި ކަންކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ.

ޑޮލަރު މާރުކުރުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އަމިއްލަ ފަރާތަކާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ހިންގި އެކިއެކި މުއާމަލާތުތަކުގެ ތެރެއިން ނުލިބި ހަތަރު މިލިއަން ރުފިޔާ ހުރިކަން ވެސް ޕްރެސްއެއް ބާއްވައި ކުންފުނިން ހާމަކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: