ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އިލްމީ ދަރީން ތިބި ގައުމެއް، ސަރުކާރުން ބޭނުންވަނީ މުސްތަގުބަލެއް ބިނާ ކުރަން: ނަސީރު

ހއ. އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން ދާ މަސައްކަތް ގުޅިފައި ވަނީ ފަސް އަަހަރުގެ ތަރައްގީއަށް ވުރެ ދިގު މުއްދަތެއްގެ ބަދަލެއް ގެނައުމަށްކަމަށް ހއ. އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ނަސީރު ވިދާޅުވީ އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި، ސަރުކާރު ހިނގަމުން ދަނީ ރަނގަޅު ސްޕީޑުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވާން ޖެހުނީ، ބޮލުގައި އެޅުވިފައިވާ ދަރަންޏަކާއި އެކުކަމަށްވާއިރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގައުމުގެ މިސްރާބު ރަނގަޅު މިސްރާބަކަށް ގެންދިއުމަށްކަމަށް ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ވެރިކަމެއް އަންނަނީ ފަސް އަހަރެއްގެ ޕްލޭނަކާއިއެކު ނަމަވެސް ރައީސް މުއިއްޒުގެ އަމާޒު ހުރީ ރާއްޖެއަށް ދިގު މުއްދަތެއްގެ ތަރައްގީއެއް ގެނައުމަށް ކަމަށެވެ. އެގޮތުން ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކޮށް، ބައިނަލްއަޤުވާމީ ގޮތުން ރާއްޖެއަކީ ނަން ހިނގާ ގައުމަކަށް ހެދުން މުހިންމުކަމަށް ފާހަގަކުރައްވައި ނަސީރު ވިދާޅުވީ ބޭނުންވަނީ ރަނގަޅު މުސްތަގުބަލެއް ކަމަށެވެ.

އަޅުގަނޑުމެން މިދަނީ މި ގައުމުގެ މިސްރާބު، ކުރިން ދެންނެވިހެން ވަރަށް ހެޔޮފާލަކަށް ގެންދަން.. އިލްމީ ގައުމެއް މި ގައުމަކީ.. ތައުލީމީ ބައިވަރު، ދަރީންތައް އެބަތިބި.. ދުނިޔޭގެ އެކި ގައުމުތަކުގައި މި ގައުމުގެ ރައްޔިތުން ތިބެ، އިލްމު އެބަ ހޯދާ.. މިސްތަގުބަލެއް ބިނާކުރުން ކުރިޔަށް މިގެންދަނީ…

ނަސީރު ވިދާޅުވީ އަމާޒަކަށް ކުރާ މަސައްކަތެއް ކާމިޔާބު ކުރެވޭނީ، އެ ނިޔަތް އޮވެ އެކަމަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ މާލީ ހާލަތު އަލުން ކޮޅަށް ޖަހައި، ދަރަނިތައް ދެއްކޭނެ ގައުމަކަށް ހެދުމަށް މަސައްކަތް ކުރިޔަށްދާކަމަށް މެމްބަރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ފަރުވާ ކުޑަ ސަރުކާރެއްގެ ސަބަބުން، ގައުމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ތަރުތީބު ގެއްލި، އޮތީ އެހެން ގައުމުތަކާއި މެދު ގޯސް ގުޅުމެއް އުފެދޭ ފަދަ ހާލަތެއްގައިކަމަށާއި، ހަމައެއް އުސޫލެއް ނެތި ދަރަނިތައް ނެގުމުގެ ސަބަބުން އިންފްލޭޝަން ރޭޓު އޮތީ އިންތިހާއަށް މަތިވެފައިކަމަށެވެ.

މީގެއިތުރުން ނަސީރު ވިދާޅުވީ ސަރުކާރަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށް އިދިކޮޅުން ތުހުމަތު ކުރިނަމަވެސް ފާޑުކިޔާކަށް އެއްވެސް ޖާގައެއް ހަގީގަތުގައި ނެތްކަމަށެވެ. އިދިކޮޅެއްގެ ޒިންމާއަކީ ފާޑުކިއުންކަމަށް ވާތީ، ހުސް ވާހަކަތަކެއް ދައްކަނީކަމަށާއި، ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ ދެކޮޅުވެރިވާން ޖެހޭ ހާލަތެއް އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށް ނަސީރު ވިދާޅުވި އެވެ.

ރާއްޖެ ބިނާކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީ ރައީސް މުއިއްޒަކީ ވިޒަނަރީ ލީޑަރަކަށްވާތީކަމަށް ނަސީރު ވިދާޅުވި އެވެ. އެހެންކަމުން ރަނގަޅު ބިންގަލެއް އަޅައި އަންނަން އޮތް ޖީލުތަކަށް ފަސޭހަ، ހަމަޖެހޭ ދިރިއުޅުމެއް ގެނެވޭނެކަމަށް ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ރާއްޖެ ކުރިޔަށް އޮތްތަނުގައި ވެގެން ދާނީ، އެހެން ގައުމުތަކުގެ އިހުތިރާމު ލިބިފައިވާ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައިކަމަށެވެ. އަދި ގައުމުގެ އިގްތިސާދާއި، މާލިއްޔަތަށް ގާނޫނީ ގޮތުން ދޭ ރައްކާތެރިކަމާއި އެކު ހިޔާނާތްވެ ގައުމުގެ މާލިއްޔާއިން ވައްކަން ކުރުމަށް އެއްވެސް ފުރުސަތެއް ނުލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: