މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ކެބިނެޓްއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން އިއުލާންކޮށްފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް މުއިއްޒު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އެގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މާލީ ވަޒީރަކަށް އައްޔަން ކުރައްވައިފިއެވެ. އަދި ސިއްހީ ވަޒީރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ޙަލީލް ހާރިޖީ ވަޒީރުގެ މަޤާމަށް ވަނީ އައްޔަން ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ސިއްހީ ވަޒީރަކަށް އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގައި އެ ވުޒާރާ ހިންގުމުގައި ހުންނެވި މިހާރުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމެވެ. މާލީ ވަޒީރަަކަށް ހުންނެވި ޑރ. އަބްދުﷲ ޝަފީއު އައްޔަން ކުރައްވަނީ ކޮން ވުޒާެއަކަށް ކަމެއް ސާފެއް ނޫނެވެ.

