ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މުވައްޒަފު ބޭންކަށް ފައިސާ ދައްކަން ހުކުމެއް

ބީއެމްއެލްގެ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ވަގަށް ނެގިކަން އެ ބޭންކުގައި ކުރިން މަސައްކަތް ކުރި މުވައްޒަފެއްގެ މައްޗަށް ސާބިތުވެ ކޯޓުން ހުކުމެއްކޮށްފި އެވެ.

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ނެގި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ބ. އޭދަފުށީ ހިޔާވަހި، އަލީ މާޒިންގެ މައްޗަށެވެ. 2012 އިން ފެށިގެން 2021 އާއި ހަމައަށް ބީއެމްއެލްގައި ވަޒިފާ އަދާކުރި މުއްދަތުގައި ކަސްޓަމަރުންގެ ސީއާރުއެމް ސިސްޓަމްއިން ބަދަލުކޮށް ކަސްޓަމަރުންގެ ހުއްދަ ނެތި އިންޓަނެޓް ބޭންކުގައި ރެޖިސްޓްރީކޮށް އެ އެކައުންޓުތަކުން 482،000 އަށް ވުރެ ގިނަ ރުފިޔާ މާޒިންގެ ކްރެޑިޓް ކާޑު ޕޭމަންޓުތަކާއި ފޮރެކްސް ޓްރާންސެކްޝަނަށް މާޒިން ބޭނުންކޮށްފައި ވެއެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އެ މައްސަލައިގައި މާޒިންގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާއަށް އިއުތިރާފުވެ އޭނާވަނީ ދައުލަތަކާއި އެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެހެންވެ އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ ދައުލަތާއި އެކު އޭނާ ހަދާފައިވާ އެ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.

ދައުވާ ސާބިތުވާ ހާލަތެއްގައި އަންނަން ޖެހޭ އަދަބަކީ 09 މަހާއި، 18 ދުވަހުގެ ހުކުމެއް ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކޯޓުން ހުކުމް ކުރީ 40 ގަޑިއުރު މުޖްތަމައުއަށް ހިދުމަތްކޮށް 56،200 ގެ ޖުރިމަނާއެކެވެ.

މި އެއްބަސްވުމުގައި ވަނީ، ގެއްލުނު ފައިސާ މާޒިން އަލުން އަނބުރާ ބޭންކަށް ދައްކަން ޖެހޭނެކަމަށެވެ.

މި މައްސަލައިގައި ބޭންކުން ވަނީ، އެކަން ފާހަގަވުމާއި އެކު މާޒިން ވަޒީފާއިން ވަކިކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: