ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭއިން ޑިވެލޮޕްމަންޓް ބޭންކަށް މިހަފްތާގައި ލައިސަންސް ދޫކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު ޤާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުން ނިންމައިފިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ބޭނުންވާ ދިރާސާތައް ފުރިހަމަކޮށް، އެމްއެމްއޭގެ ބޯޑުން މިހާރު ވަނީ އެކަމަށް ހުއްދަ ދީފައި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގެރޭގައި ބޭންކަށް ލައިސަންސް ދޫކޮށް، ލަސްތަކެއްނުވެ ބޭންކުގެ ޚިދުމަތްތައް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ގަވަރުނަރު ވިދާޅުވީ، މިފަދަ މާލީ މުއައްސަސާތަކަކީ ޤައުމުގެ ބޭންކިންގ ދާއިރާއަށް ނުހަނު މުހިންމު ތަންތަން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ރިސޯޓުތައް ތަރައްޤީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން އެކަށީގެންވާ ވަރަށް ނެތެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުން އަވަސްކޮށް، ވިޔަފާރިތަކަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވައިފައެވެ. މި ބޭންކު ހިންގަން ފެށުމުން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލޯނު ލިބުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ އިތުރުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް އުފެއްދުމުގެ މުހިންމުކަން (އެމްއެމްއޭ)ގެ ގަވަރުނަރު ވަނީ ފާހަގަކުރައްވައިފިއެވެ. އަދި މިފަދަ މުއައްސަސާތައް ޤާއިމުކުރުމުން، ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ބޭރު ޤައުމުތަކުން ހޯދުމުގެ ބަދަލުގައި ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޤައުމަށް ލިބޭ އިޤްތިޞާދީ ފައިދާ އިތުރުވެގެންދާނެ ކަމަށްވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ނިންމެވި މައިގަނޑު މަޤްޞަދަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްހަމައެއްގައި ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފަންޑު ހޯދުމެވެ. މި އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވެ، ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން އަވަސްވެ، އާ ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: