ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފައިސާއާބެހޭ އައު ގަވައިދެއް އެކުލަވާލީ ސްޓޭކްހޯލްޑަރުންނާއި މަޝްވަރާކޮށް، ފަންނީ ލަފާގެ މައްޗަށް: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު-- ފޮޓޯ: އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު އުވާލައި، އާ ދެ ގަވާއިދެއް އެކުލަވާލައި ގެޒެޓް ކޮށްފި އެވެ.

ބޭރު ފައިސާގެ ގަވައިދުގައި ވަނީ ދިވެހިރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަންވާނީ ރުފިޔާއިން ކަމަށެވެ. އިސްތިސްނާ ވާ ހާލަތަކީ އޭގެ ތެރޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތް ބޭރުފައިސާ އިން ދިނުމާއި ބައިނަލްއަގްވާމީ މުއާމަލާތްތަކާއި ފަތުރުވެރިންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު އަދި އެކްސްޕޯޓް ކުރެވޭ މުދަލާއި ހިދުމަތުގެ އަގުންނެވެ.

މި ގަވާއިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެމްއެމްއޭ ބުނެފައިވާ ގޮތުން މި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިތަަކަށް ވެސް މާލީ ބުރައަކަށް ނުވާނޭ ގޮތަށެވެ. އެގޮތުން ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ޓުއަރިސްޓު ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ޓުރިސްޓު ރިސޯޓުތައް އަދި ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތައް އަދި އެ ނޫން ވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ގަވައިދުގައި ހިމަނާފަ އެވެ.

ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންވާނެއެވެ. ކެޓަގަރީ އޭ އަދި ބީގައި ހިިމެނޭ ފަރާތްތަކުން ވެސް ކޮންމެ މީލާދީ މަހެއް ނިމި އޭގެ ފަހުން ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ ބޭންކަށް މާރުކުރަންވެއެވެ.

ގަވައިދުގައި ވަނީ ވަކި ހާލަތްތަކެއްގައި މިއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އޮތޯރިޓީގައި އެދެވިދާނެ ކަމަށެވެ. އެއީ ބޭރުފައިސާ އިން ޓެކްސް ދެއްކުން، މާލީ އިދާރާއަކަށް ބޭރުފައިސާއިން ދަރަނި ދެއްކުން، ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރުފައިސާގެ އިލްތިޒާމްތަކާއި އަޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމްތައް އޮތުމެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވައިދަށް އިސްލާހު ގެނެސްފައި ވަނީ އެމްއެމްއޭ ހާމަކުރި ގޮތުގައި ރުފިޔާގެ ބާޒާރުގައި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިނެނެވެ. އެގޮތުން، 1987 ގެ މަނިޓަރީ ގަވާއިދާއި މަނީ ޗޭންޖަރ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު އުވާލައި އެ އޮތޯރިޓީން ވަނީ އައު ގަވައިދެއް ގެޒެޓުކޮށްފަ އެވެ.

އެމްއެމްއޭ ބުނީ ގަވައިދު އެކުލަވާލީ، ކަމާއި ގުޅޭ ސްޓޭކްހޯލްޑަރުންނާއި އެކު މަޝްވަރާ ހޯދައި ފަންނީ ލަފާ ހޯދައިގެން ކަމަށެވެ. އެހެންކަމުން މި ގަވައިދުގެ ދަށުން ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭ އިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެގެން ދާނެކަމަށް ބުންޏެވެ. އަދި ބުނެފައި ވަނީ މަނީ ޗޭންޖިންގ ވިޔަފާރިކުރުމަށް ލައިސަންސް ދޫކުރުމުގެ އުސޫލަށް މި ގަވާއިދުގެ ތެރެއިން ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތައް ހިންގުން ހަރުދަނާވެ، މި ވިޔަފާރިތައް ސްޕަވައިޒްކުރުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ގަވައިދު އެކުލަވާލީ ގެޒެޓު ކުރާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަން ޖެހޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: