ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮށީ އުމުރުގެ މީހުންނަކީ އިއްޔެގެ ޙިދުމަތް ތެރިން: މިނިސްޓަރ

އިޖުތިމާއި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮށީ އުމުރުގެ މީހުންނަކީ އިއްޔެގެ ޙިދުމަތްތެރިން ކަމަށް އިޖުތިމާއި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމި އުމުރުން ދުވަސްވި މީހުންގެ ދުވަހާއި ގުޅިގެން ވަޒީރު ދެއްވި ބަސްދީ ގަތުމުގައި ވިދާޅުވީ، ދޮށީ އުމުރުގެ މީހުންނަކީ އިއްޔެގެ ޙިދުމަތްތެރިން ކަމަށާއި އަދި ކަންކަން ފަހިކުރުމުގެ މޭސްތިރިން ގޮތުގައި ތިއްބެވި ތަޖުރިބާ ކާރުން ކަމަށެވެ.

ދޮށީ އުމުރުގެ ފަރާތްތަކަކީ އެކި ރޮނގު ރޮނގުން ވިދަމުންއައި ފަންނާނުންނާއި ފަންނުވެރިން ކަމަށެވެ. އެހެންކަމުން، އުމުރުން ދުވަސްވުމަކީ ފަހަރެއްގައި ވެސް ހަރަކާތްތެރިވުން މަޑުޖައްސާލައި، ޝާމިލުވެ އުޅުމުން، އެކަހެރިވެ، އެކަނިވެރި ޙިޔާލުތަޚާއި ފިކުރުން މީހާ ވަށާލަންޖެހޭ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އާބާދީއަށް ބަލާއިލާއިރު، އިސްރަށްވެހިންގެ އާބާދީ އަކީ 20،533 އެކެވެ. އެއީ 10،530 ފިރިހެނުންނާއި 10،023 އަންހެނުންނެވެ. އިސްރަށްވެހިންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 65 އަހަރާއި 74 އަހަރާއި ދެމެދުގެ އެއީ 13،003 އިސްރަށްވެހިނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ 3،378 ފިރިހެނުން އިސްރަށްވެހިން އަދި 4024 އަންހެން އިސްރަށްވެހިން އުޅެއެވެ.

ވަޒިފާގެ ދާއިރާއަށް ބަލައިލާއިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 3049 އިސްރަށްވެހިން ވަޒީރާ އަދާކުރެއެވެ. އަދި 178 މީހަކު އެއްވެސް ވަޒީފާއެއް އަދާއެއް ނުކުރެއެވެ.  17،326 މީހުން ވަނީ ރިޓަޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: