ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ މިނިވަންކަން ހާސިލުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ މިނިވަންކަން ހޯދުމަށްޓަކައި ވިޔަފާރިއެއްކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ޗެއަރޕާސަން ފައްޔާޒް ވިދާޅުވީ، ޕާޓީ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނާނެކަން ކަށަވަރުކުރުމަށްޓަކައި ބައެއްކަހަލަ މުހިންމު ކަންކަން ނިންމަން ހުރިކަމަށެވެ. ފައްޔާޒް ވިދާޅުވީ ޕާޓީއިން އެކުލަވާލާފައިވާ ރޯޑްމެޕުގައި ސިޔާސީ ބޭފުޅުން ތަމްރީނު ކުރުމުގެ ގޮތުން އެކެޑެމީއެއް އުފެއްދުމުގެ މަސައްކަތްތައް ހިމެނޭކަމަށާއި އެކަން ކުރުމަށްޓަކައި ޕާޓީގެ އެންޑޯސްމެންޓު ބޭނުންވާކަމަށޭވެ.

އޭނާ ވިދާޅުވީ، ދެވަނަ ކަމެއްގެ  ގޮތުގައި ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ރަނގަޅު ސިޔާސަތުތަކެއް ނެރި ކުރިއެރުވުމަށްޓަކައި ތިންކްޓޭންކެއް އުފެއްދުމަށްޓަކައިވެސް ގައުމީ މަޖިލީހުގެ އެންޑޯސްމެންޓު ބޭނުންވާކަމަށެވެ. ފައްޔާޒް ވިދާޅުވީ، އަސާސީ ގަވައިދުގައި ދާއިމީ ކޮމިޓީތަކުގައި ތިންކް ޓޭންކެއްގެ ވާހަކަ ބަޔާންކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް މިހާރު ހިޔާރުކުރަނީ އެމްޑީޕީގެ ފަރާތުން ވަކި މުއައްސަސާއެއްގެ ގޮތުގައި އެފަދަ ތިންކްޓޭންކެއް އެކުލަވާލައި ރެޖިސްޓާރކުރުމަށްކަމަށާއި މަގުސަދަކީ ޕާޓީގެ ފަރާތުން ސިޔާސަތުތައް އެކުލަވާލުމަށްޓަކައި ދިރާސާކުރުމާއި ރާއްޖެއަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގައި އިލްމީ ގޮތެއްގެ މަތިން މަސައްކަތްތައް ކުރުންކަމަށެވެ. އަދި އެ ތިންކްޓޭންކުން ޕާޓީގެ ލީޑަރޝިޕަށް ލަފާދިނުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށެވެ.

އޭނާ ވިދާޅުވީ، އެކަން ކުރިއަށް ގެންދިއުމަށްޓަކައި ޕާޓީގެ ގައުމީ މަޖިލިސްގެ މެމްބަރުންގެ އެންޑޯސްމަންޓަށް އެދިވަޑައިގަންނަވާކަމަށާއި ޕާޓީ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހަގީގަތުގައި ވަރަށް ބައިވަރު ފައިސާ ބޭނުންވާކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީއަށް 19 އަހަރުވެފައިވާއިރު އަމިއްލަ ފައި މައްޗަށް ތެދުވުމަށްޓަކައި މާލީ މިނިވަންކަން ހޯދިފައިނުވާކަމަށާއި އެހެންކަމުން މިހާރު މަގުޗާޓުގައި އެކުލަވާލާފައިވާގޮތުގެ މަތިން މާލީ ތަނަވަސްކަން ހޯދުމުގެ ގޮތުން ޕާޓީއަށް ބައެއް ކަންކަން ކުރުމަށް ގާނޫނީގޮތުން ޖާގަ ލިބިފައިވާކަމަށެވެ. އެހެންކަމުން އެފަދަ ގޮތަކަށް ވިޔަފާރިއެއް ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދުމަށްފަހު އެގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ގަރާރެއް ފާސްކުރުމަށް ހުށައަޅާކަމަށް ހިއްސާކުރެއްވިއެވެ. އަދި އެކަމަށްވެސް ރަސްމީ އެންޑޯސްމެންޓު ބޭނުންވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: