ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގެންފި

ރައީސް މުއިއްޒު އިންޑިއާގެ ރިޔާސީ ގަނޑުވަރުގައި: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސަރުކާރުން ރައީސް ޑރ މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ޑރ މުއިއްޒު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާގޮތުން، ރައީސް މުއިއްޒު އަދި މެޑަމް ސާޖިދާ ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ޒިޔާރަތްކުރައްވާފައެވެ. އަދި މި ޒިޔާރަތުގައި އެ ގައުމުގެ ސަރުކާރުން ރައީސް އަދި ސާޖިދާއަށް މަރުހަބާ ދެންނެވިކަމަށާއި ރާޝްތްރަޕަތީ ބަވަންގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު އޮތީ ހެނދުނުގެ ވަގުތުތަކުގައިކަމަށެވެ.

ރައީސްގެ ދެކަނބަލުނަށް މަރުހަބާ ވިދާޅުވީ، އިންޑިއާގެ ރައީސް ދްރޫޕަދީ މުރުމޫއާއި ބޮޑުވަޒީރު ނަރޭންދްރަ މޯދީއެވެ. އަދި އިންޑިއާގެ ސަރުކާރުންވަނީ ރައީސް އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް އަރުވާފައިކަމަށެވެ. ރައީސްވަނީ މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފުގެ ގާޑް އިންސްޕެކްޓު ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ރައީސްގެ ދެ ކަނބަލުންވަނީ އިންޑިއާގެ މަޝްހޫރު ސޯޝަލިސްޓު މަހާތުމާ ގާންދީގެ މަގުބަރާ، ރާޖްގަޓަށް ޒިޔާރަތްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: