ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިޤްތިސާދު، ޓޫރިޒަމް އާއި ގުޅިފައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ލޮލަކީ ފަތުރުވެރިކަން ކަމުގައި ވާތީ، މި ދާއިރާއަށް އަންނަ ކޮންމެ ކުރިއެރުމަކީ މުޅި ޤައުމަށް ލިބޭ ކުރިއެރުމެކެވެ. މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަގުނަ ކުރިއެރުންތަކެއް ލިބުނު އަހަރެއް ކަމުގައި ފާހަގަކުރެވެއެވެ.

ފާއިތުވެދިޔަ، އަހަރުތަކައި، އަޅާ ބަލާއިރު، މި އަހަރުގެ މި ހިސާބަށް އާދެވުނު އިރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ވަނި އިތުރުވެފަ އެވެ. މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް އަރާފައެވެ. މާލީ ހާލަތު މިހާ ދަށްވެފައިވާ މި ދަނޑިވަޅުގައި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ހަފްލާގައި އެންމެ ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ މި އަހަރު އެވޯޑް ހޯދާފައެވެ. އެމްއެމްޕީއާރުސީން ރާއްޖެ ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ މަސައްކަތް ކާމިޔާބުކަން ހާމަކޮށްދެނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ޝަރަފުވެރި އެވޯޑްތަކުންނެވެ.

ދުބާއީގައި ބޭއްވި އެރޭބިއަން ޓްރެވެލް މާކެޓްގެ ތެރެއިން ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީން އެވޯޑް ހާސިލުކުރި ފަރާތްތައް އިއުލާންކުރިއިރު، ރާއްޖެއިން ވަނީ އަނެއްކާވެސް ޝަރަފުވެރި އެވޯޑްތަކެއް ހާސިލް ކޮށްފައެވެ. އެގޮތުން އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަންސް އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން ހާސިލްކޮށްފައެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރެވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ޓްރެވަލް އެކްސްޕޯތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ދުނިޔެއަށް ތަޢާރަފުކޮށްދީފައިވެއެވެ. މީގެ ސަބަބުން އައު މާރުކެޓްކެޓްތަކަށް ވަނުމުގެ ފުރުޞަތު ލިބި، ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާވެގެން ގޮސްފައިވެއެވެ.

ފާއިތުވެ ދިޔަ އަހަރުތަކަށްވުރެ ހަލުވި ދުވެލީގައި އެމްއެމްޕީއާރްސީގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ދާއިރު، ރާއްޖެ މިއަދު މިވަނީ ޑިޖިޓަލް އެކި އެކި ޕްލެޓްފޯމުތަލުގައި ތަކުގައި ފާހަގަ ކޮށްލެވޭވަރުގެ މަޤްބޫލް މަންޒިލަކަށް ވެފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އޮންލައިން މާރކެޓިންގ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަސައްކަތް ވަނީ ފުޅާ ދާއިރާއެއްގައި ކުރެވިފައެވެ.

މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިންނަށް ރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަވެ، އިތުރު ފަތުރުވެރިން އައުމަށް މަޤުފަހިވެގެންދެއެވެ. މި ކަންކަމާއި ވިދިގެން، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދާއިރާއަށް އައި ކުރިއެރުންތައް ވެސް ފާހަގަކުރެވެއެވެ. މި ކަންކަމާއި ވިދިގެން، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދާއިރާއަށް އައި ކުރިއެރުންތައް ވެސް ފާހަގަކުރެވެއެވެ. ގެސްޓްހައުސްތަކާއި ލޯކަލް އައިލެންޑް ޓޫރިޒަމް ވަނީ އިތުރަށް ކުރިއަރައި، ގިނަ ރަށްތަކެއްގައި މި ވިޔަފާރި ފުޅާވެފައެވެ. މީގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ވަޒީފާގެ ފުރުޞަތުތައް އެތައް ގުނައެއް އިތުރުވެފައިވެއެވެ.

އަދި ކުރިއަށްވުރެ ބޮޑަށް ފަތުރުވެރިންނަށް ދިވެހިންގެ ސަގާފަތާއި އާދަކާދަ ގާތުން ބަލައި ދެނެގަތުމުގެ ފުރުޞަތު ލިބިގެން ގޮސްފައިވެއެވެ. އޭގެ އިތުރުން، ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް ހިނގާ ހަރަދަށް ވުރެ ހެޔޮއަގުގައި ރަށްރަށުން މިހިދުމަތް ލިބެން ހުރުން ވެގެން ދަނީ ގިނަ ބައެއްގެ ލޯތައް ރާއްޖޭގެ ލޯކަލް ޓޫރިޒަމްއާއި ދިމާލަށް އަމާޒުވާ މައިގަނޑު ސަބަބެއް ގޮތުގައެވެ. މި ކަމާއި އެކު، ރާއްޖޭގެ ލޯކަލް ފަތުރުވެރިކަމުގެ ދާއިރާގައި ކަލްޗަރަލް ޓޫރިޒަމްއަށް ދެވުނު ސަމާލުކަން ފާހަގަކުރެވެއެވެ.

ދިވެހި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ޚާއްޞަ ޕްރޮގްރާމްތައް ގިނަ ގެސްޓް ހައުސްތަކުގައި  ތަޢާރަފުކުރެވި، ފަތުރުވެރިންނަށް ދިވެހި ސަގާފަތް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެން ގޮސްފައިވެއެވެ. މީގެ ސަބަބުން ރާއްޖޭގެ ސަގާފަތް ދުނިޔެއަށް އިތުރަށް ތަޢާރަފުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައިވެއެވެ. މީގެ އިތުރުން، ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާއި ގުޅުވައިދޭ އެންމެ މުހިންމު ތަނބަކީ ފަތުރުވެރިކަމެވެ. ބައިނަލްއަގްވާމީ މައިދާނުގައި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ވެސް އެއީ ވަރަށް މުހިންމު ވަސީލަތެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ ދަނީ މަސައްކަތް ކުރަމުން ނެވެ. އެގޮތުން އައްޑޫ އަދި ފުވަމުލަކު ސިޓީގައި އެ ދާއިރާ ފުޅާ ކުރުމަށް ދަނީ މަސައްކަތް ކުަރައްވަމުން ނެވެ. އެގޮތުން ކޮވިޑްގެ ޙާލަތާއި ގުޅިގެން ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް އެ މިނިސްޓްރީގެ ދަށުން ވަނީ ފަށައިފައެވެ. ކޮވިޑްގެ ޙާލަތާއި ގުޅިގެން، އެ ރިސޯޓް ބަންދުކުރުމުން އެ ސަރަހައްދުގެ ގިނަ ފަރާތްތަކަކަށް ވަނީ އެ ދާއިރާއިން ވަޒިފާގެ ފުރުސަތު ގެއްލިގެން ގޮސްފައެވެ. މި އަހަރު މި މަސައްކަތް ފެށިފައިވާއިރު، ސަރުކާރުގެ އަމާޒަކީ ޑިސެންބަރ މަހާއި ހަމައަށް އެ ރިސޯޓްގެ މަސައްކަތް ނިންމުމެވެ. މި މަޝްރޫއުގެ ތެރެއިން، އައްޑޫއަށް ޑައިރެކްޓް ފްލައިޓް ޖެއްސުމަށްފަހު، ސީޕްލޭން މެދުވެރިކޮށް، ކައިރި ގއ. އަތޮޅު، ފުވައްމުލަށް ފަދަ ތަންތަނަށް ފަތުރުވެރިން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.

ފުވަމުލަކުގެ ޓޫރިޒަމް ދާއިރާއަށް ބަލައިލާއިރު، އެ ރަށުގެ ކައުންސިލުން މިހާރު ވަނީ، އެ ރަށުގެ ބަދަރު ސަރަހައްދުން ޓޫރިޒަމްއަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ބަގްލަދޭޝްގެ ޓޫރިޒަމް މާރްކެޓް އިތުރަށް ކުރިއެރުވުމަށް ވެސް ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. މީގެ އިތުރުން ލަންކާ ފަދަ އަވަށްޓެރި ގައުމުތަކުގައި މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ 10 އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސް ފުޅާ ދާއިރާއެއްގައި އެކަން ކުރިއެރުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: