ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުންމަތެއް ދެމިއޮތުމުގެ އެންމެ ވަރުގަދަ އަސާސްއަކީ ހެޔޮ ބަސް ބުނުން: ޑރ ޝަހީމް

ރާއްޖެ އިސްލާމް ވީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުންމަތެއް ދެމި އޮތުމުގެ އެންމެ ވަރުގަދަ އަސާސްއަކީ ހެޔޮ ބަސް ބުނުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމް ވީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމްވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މި ދުވަހުގެ މުނާސަބާގައި ދެއްކެވި ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ހައްގަށް ވަސިއްޔަތްކުރުމަކީ ވަރަށް ހެޔޮ ކަމެއް ކަމަށެވެ.

ޑރ ޝަހީމް ވިދާޅުވީ، ހެޔޮ ބަސް ބުނުމަކީ އިޖްތިމާއި ރުކުނެއްކަމަށާއި ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި އެކަން ފާހަގަކުރައްވާފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހެޔޮ ބަސް ބުނުމާއި ހެޔޮ ކަންކަމަށް އަމުރު ކުރުމަކީ މާތް އަމަލުތަކެއްކަމަށާއި އުންމަތެއް ދެމި އޮތުމުގެ ފަހަތުގައިވާ އެންމެ ވަރުގަދަ އަސާސްއަކީ ހެޔޮ ބަސް ބުނުންކަމަށެވެ.

ޑރ ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ހަލާރަތަށް 898 އަހަރު ފުރިފައިވާއިރު ދިވެހިން އެންމެ ބޮޑަށް އުފާވާންޖެހޭކަމަކީ އިސްލާމީ ހަލާރަތު ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސަރުކާރެއް ގާއިމުވެފައި އޮތުންކަމަށާއި މި ހާލަތު ނެތް ނަމަ ރާއްޖެއިން އެތައް ގުނައަކަށް ހިތާމަކުރަންޖެހޭނެކަމަށެވެ. އަދި އެއީ މާތްﷲ މިންވަރު ކުރައްވާފައިވާ މަތިވެރި ނިއުމަތެއްކަމަށާއި ދިވެހިރާއްޖޭގައި އިސްލާމީ ހަލާރަތެއް ދެމި އޮތީ އެކި އެކި ވެރިން އެކި ފެންވަރުގައި ކުރެއްވި އެކި މަސައްކަތްތަކުގެ ސަބަބުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ދައުރުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް އޮތް ގަރުނަށް ރާއްޖެ އިސްލާމީ އަގީދާއާއިއެކު ވަރުގަދަ ކަމާއިއެކު ކުރިއަރައިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންކަމުން ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ އަސާސް މުޖުތަމައުގައި ދަމަހައްޓަންޖެހޭކަމަށާއި ކެތްތެރިކަމަށް ވަސިއްޔަތްކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަން ގުރުއާންގެ އާޔަތްތަކުން އެނގިގެންދާކަމަށް އަލިއެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: