ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮގާއި މަކަރުން އެންމެ ފުރަތަމަ ދުރުވާންވީ ގައުމުގެ ރައީސް: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ވެރިކުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހިމް އަމީރު ފާޑުވިދާޅުވެއްޖެއެވެ.

ދޮގާއި މަކަރުވެރިކަމުން ދުރުވާންޖެހޭކަމަށް ރައީސް ދެއްކެވި ވާހަކަތަކަށް އަމީރު ވިދާޅުވީ، ރައީސް ދެއްކެވީ ދޮގާއި މަކަރާއި ހިލާތުގެ އިތުރުން އެހެން މީހުން ނަފްސު ކަތިލައިގެން ވެރިކަމަށް އައި ބަޔަކު މީހުން ދެއްކުމަށް ވަރަށް ރަނގަޅު ވާހަކައެއްކަމަށެވެ.

އޭޏާ ވިދާޅުވީ، ޕީއެންސީގެ ވެރިކަމަށް އަހަރު ފުރިގެންދާއިރު ވައުދުވީ ގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށެވެ. އަދި މުޅި ގައުމުގައިވެސް އޮތީ ވައްކަމާއި ފަސާދަކަމަށާއި މި ދައުރުގައި އެކަންކަން އާންމުކޮށްފިކަމަށެވެ. އޭނާ ވިދާޅުވީ، ދޮގާއި މަކަރުން އެންމެ ފުރަތަމަ ދުރުވާންވީ ގައުމުގެ ރައީސްކަމަށެވެ.

ރައީސްވަނީ މި ދުވަހުގެ މުނާސަބާގެ ތަގުރީރުގައި ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރަމުންދާކަމަށް ވިދާޅުވެފަ އެވެ. އަދި ފިތުނައިގެ އަލިފާނުން މުޅި ގައުމީ ފޭރާން އަޅިއަށް ހަދާލާއިރު އެކަމަކީ މިނިވަންކަމުގެ ހައްގުގައި ކުރެވޭ މަސައްކަތްތައް ކަމަށް ދެކޭކަމަށް ވެސް ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: