ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

19 ވަނަ މަޖިލީހުން ސަރުކާރަށް ޖެއްސުން ކުރުމުން، މަސައްކަތުން ދުވަސްތަކެއް ބޭކާރުވި: މުސްތަފާ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ސަރުކާރު ވެރިކަމަށް އައުމުން ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ކުރި ޖެއްސުންތަކުގެ ސަބަބުން ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި ފަސް މަސް ހޭދަވެގެން ދިޔަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގުމަށް އެންމެ ބޮޑަށް ދަތިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ފާހަގަކުރައްވާ ގޮތުގައި ބަޖެޓު ފާސްކޮށް ދިނުމުގައި އަމަލު ކުރި ގޮތުންނެވެ. އަދި 120 ބިލިއަންގެ ދަރަންޏާއި އެކު އޮތް މާލީ ދަތިކަން ހައްލު ކުރާނީ ފައިސާ ޗާޕު ނުކޮށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ގިނަ ނިންމުންތަކެއް ވެސް އިއުލާނު ކުރި އެވެ.

ބަޖެޓުގެ ދަތިތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މުސްތަފާ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު، ކުރިމަތިލާން ޖެހުނީ މަޖިލީހުގެ އޭރު އޮތް ދައުރުގެ ފިއްތުންތަކާއި ކަމަށެވެ. ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ސަބަބުން ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރުމަށް ޖާގަ ނުލިބި، ފަސް މަސް ދުވަސް އެއްކޮށް އެގޮތުގައި ހޭދަ ކުރަން ޖެހުނުކަމަށް މުސްތަފާ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމުން އުނދަގޫ ކުރުމަށް ދައުލަތުގެ ބަޖެޓު ފާސްކޮށްދިނުމުގައި، ގޯސްތަކެއް ހަދައި އެމްޑީޕީ ބެލީ ސަރުކާރަށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިވާނެ ގޮތެއްކަމަށް މުސްތަފާ ވިދާޅުވި އެވެ. ބަޖެޓުގައި މަޝްރޫއުތަކަށް ހިމަނާފައި ހުރީ ހަމަޖެހޭ އަދަދުތަކެއް ނޫންކަމަށާއި، ބޮޑެތި މަޝްރޫއުތަކަށް ވެސް ޖަހާފައި ހުރީ ކުދި އަދަދުތަކެއްކަމަށް މުސްތަފާ ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީގައި އޮތުމަށް ފަހު، ދެން އެންމެ އަވަހަށް ފަށާނެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުގެ މަސައްކަތްކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ވީހާވެސް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދީފައި ވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށާއި، ދައުލަތުގެ ބަޖެޓުގައި ބޮޑު އަދަދެއް އެކަމަށް ހިމަނާނެކަމަށް އުނމީދު ކުރެވޭކަމަށް މުސްތަފާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބެޖަޓަކީ ރައްޔިތުންނަށް އުފާވެރި، އަދި ފާގަތި ބަޖެޓަކަށް ވެގެން ދާނެ…

މީގެއިތުރުން މަޖިލީހުގައި ކުރިޔަށް ގެންދަން ޖެހޭ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި މުސްތަފާ ވިދާޅުވީ، މިދިޔަ ދައުރުގައި ވެސް ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެވުނުކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓު ފާސްކުރީ ގޯސްކޮށްކަމަށް ސަރުކާރުން ތަކުރާރު ކުރަމުން ގެންދާތީ އެކަމަށް ރައްދު ދެއްވައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އޭރު ބަޖެޓުގެ މަސައްކަތްތަކަށް ކުރީ ޕީއެންސީ ބޭނުންވި ގޮތަށްކަމަށާއި، ބަޖެޓު ފަރުމާކޮށްފައި ވާނީ ފައިސާ ޗާޕު ނުކޮށް އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ފަހު ކުރިޔަށް ދެވޭނެ ގޮތަށް ކަމަށެވެ.

ނާޒިލް ވިދާޅުވީ ގައުމު މިހާތަލަށް ދިއުމުގެ އަސްލަކީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތައްކަމަށާއި، މަޖިލިސް ކުރީ ދައުރުގައި ބަޖެޓު ފާސްކޮށްދިނުމުގައި ގޯސްތަކެއް ހަދާފައި ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: