ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސަލް، ރައީސް ޔާމީނަށް: ފިތުނަ އުފައްދަން މަސައްކަތް ނުކުރުމަށް ނަސޭހަތްތެރިވަން!

ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް/ ފޮޓޯ: ކެމްޕެއިން ޓީީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުކަމަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، ހުޅުމާލެއިން ބިމެއް ބައްލަވައިގެންފައިވާކަމަށް ބުނެ ކުރާ ތުހުމަތުތައް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ދޮގު ކުރައްވައިފި އެވެ.

ފައިސަލް ބޮޑު އަގުގައި ހުޅުމާލެއިން ބިމެއް ބައްލަވައިގެންނެވިކަމަށް ތުހުމަތު ކުރައްވާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުންނާއި، ސިޔާސަތުތަކުގެ ތެރެއިން ވެސް ރައީސް ޔާމީން އެންމެ ހިތްހަމަޖެހިވަޑައިނުގަންނަވާ ބޭފުޅަކީ އަބްދުއްރަހީމެވެ.

އެގޮތުން ދާދިފަހުން އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި އޮތް ޖަލްސާއެއްގައި ވަނީ ފައިސަލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރައީސް ޔާމީން ވަނީ ފައިސަލް ބިން ގަނެފައިވާ އަގުތަކުގެ ތަފްސީލުތައް ވެސް އެނގޭކަމަށާއި، އެކަމުގެ ހެކި ވެސް އެބަހުރިކަމަށެވެ. އެހެން ނަމަވެސް ބިމެއް ގަނެފައި ވަނީ ކޮން ސަރަހައްދަކުންކަމާއި، އެފަދަ އެއްވެސް ތަފްސީލެއް ރައީސް ޔާމީން ވިދާޅެއް ނުވެ އެވެ.

އަޅުގަނޑު މާލެއިން ބިމެއް ގަތްކަމަށް ބުނެ ކުރީގެ ރައީސް ޔާމީން ދައްކަމުން ގެންދާ ވާހަކައަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކައެކެވެ. އެ ފަދަ ދޮގުވާހަކަތައް ދެއްކުން ހުއްޓާލެއްވުމަށާއި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީނަށް މިފުރުޞަތުގައި ނަސޭހަތްތެރިވަމެވެ.

މި މައްސަލައިގައި ފައިސަލް ވިދާޅުވީ، ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކައިގައި ވެސް ހަގީގަތެއް ނެތްކަމަށެވެ. އަދި އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ގޮވާލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: