އިންޑިއާ ދިވެހިރާއްޖެ އަބަދުވެސް ބޭނުންވި ވަގުތުތަކުގައި އަވައްޓެރިއާގެ ރޯލު އަދާކުރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ އިސްވެރިންގެ ބައްދަލުވުން މިއަދު ކުރިޔަށް ގެންދިޔަ އެވެ. އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް ފަހު ރާއްޖެއާއި އިންޑިއާގެ ގުޅުމާއި ގުޅޭގޮތުން މޯދީ ވިދާޅުވީ، ދިވެހިރާއްޖެއާއި އެންމެ ގާތުގައި އޮތީ އިންޑިއާކަމަށްވުމާއި އެކު އެ ޒިންމާ އަބަދުވެސް އަދާކުރީ އިހުލާސްތެރިކަމާއި އެކު ކަމަށެވެ. އެއީ ރާއްޖެއަށް ދިމާވި ފެނުގެ ކާރިސާ ނުވަތަ ކޮވިޑު-19 ގެ ވަބާގައި ވެކްސިނާއި އެހެނިހެން ވަސީލަތް ފޯރުކޮށް ދިނުން ވިޔަސް އެކަންކަން އެންމެ ފުރިހަމައަށް އަދާ ކުރުމަށް އަބަދުވެސް މަސައްކަތްކޮށްފައި ވާނެކަމަށް މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ ރާއްޖޭގެ ރަައްތަކަަށް ބޭނުންވާ ވަސީލަތްތައް މީގެ ކުރިން ވެސް ފޯރުކޮށްދިންކަމަށާއި ކުރިޔަަށް އޮތް ތަނުގައި ވެސް އެގޮތަަށް އަމަލު ކުރެވޭނެ ކަމަށެވެ.

