ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުޕޭ ކާޑު ލޯންޗުކޮށް، 700 ހައުސިންގް ޔުނިޓުވެސް ހަވާލުކޮށްފި

ރައީސް އިންޑިއާގެ ބޮޑުވަޒީރާއިއެކު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާގެ ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިންޑިއާގެ ”ރޫޕޭ ކާޑު“ ރާއްޖޭގައި ލޯންޗުކޮށްފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގައި ކުރެވިފައިވާ މަސައްކަތްތަކާއި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކާއި ގުޅުން ހުރި ރިޕޯޓެއް ދައްކާލާފައެވެ. އެގޮތުން ރާއްޖޭގައި ރޫޕޭ ކާޑު ލޯންޗުކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވެގެންދާކަމަށާއި ފަތުރުވެރިކަމާއި އިގްތިސާދީ އެހެނިހެން ދާއިރާތަކުންވެސް އެއްބާރުލުން ދިނުމުގައި އިތުރު ހަރަދަނާކަމެއް ފެނިގެންދާނެކަަމަށެވެ.

މި ނިޒާމު ރާއްޖޭގައި ތައާރަފްކުރުމުން ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގައި އެ ކާޑު ބޭނުންކޮށްގެން ކޭޝްލެސް ޓްރާންސެކްޝަންތައް ހެދުން ފަސޭހަވަގެންދާނެކަމަށާއި ހަރަދުތައް ކުޑަވެ ބޮޑެތި ފަސޭހަތައް ލިބިގެންދާނެކަމަށެވެ. ރިޕޯޓުގައިވާގޮތުން މި ނިޒާމުގެ ފަސޭހަކަން ހާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ފާހަަގަކުރެވިގެންދާނެކަމަށެވެ.

ދެ ގައުމުގެ ސަރުކާރުންވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުއްވައިދެއްވާފައިކަމަށްވާއިރު އެކަމަކީ ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ އެއަރޕޯޓު އެކްސްޕޭޝަން މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވޭ ލަނޑުދަނޑިއެއްކަމަށެވެ.

ހަނިމާދޫ އެއަރޕޯޓުގެ ރީޑިވެލޮޕްމެންޓު މަސައްކަތްކުރެވިގެންދިޔައީ އިންޑިއާގެ ބައިނޭންސް މެދުވެރިކޮށް ފަހިކޮށްދީފައިވާ 132 މިލިއަން ޑޮލަރުގެ ކްރެޑިޓް މެދުވެރިކޮށްކަމަށްވާއިރު މިކަން ފަހިކޮށްދިނުމުގެ މަގުސަދަކީ އައު ރަންވޭ އަކާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ހެނގަރާއި ކާގޯ ފެސިލިޓީ އަދި ޓާމިނަލް ބިލްޑިންގް އާއި އެހެނިހެން ވަސީލަތްތައްވެސް ހިމެނޭހެން މުޅިން އައު އިންފްރާސްޓްރަކްޗާ ގާއިމުކޮށްދިނުންކަމަށެވެ.

އިންޑިއާގެ ސަރުކާރުންވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 700 ހައުސިންގް ޔުނިޓުގެ މަސައްކަތްތައްވެސް ނިންމައި ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ. އެގްޒިމް ބެންކުގެ ކްރެޑިޓް ސްކީމުގެ ދަށުން ކުރިއަށް ގެންދިޔަ މި މަސައްކަތްތަކުގެ ތެރެއިން ބިނާކޮށްފައިވާ ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސޯޝަލް ހައުސިންގް ސްކީމްތައް މެދުވެރިކޮށްކަމަށާއި އެއީ ރާއްޖޭގެ ސަރުކާރުގެ އެދުމުގެ މަތިން ދިވެހިންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ލިއްބައިދިނުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކެއްކަމަށެވެ. މި މަޝްރޫއުގެ ދަށުން 4000 ޔުނިޓު ޖުމުލަކޮށް ބިނާކުރުމަށް ކަނޑައެޅިފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިފްތިތާހު ކުރެވިފައިވާ މަޝްރޫޢުތަކުން ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދު ތަރައްގީގެ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަަދަ ގުޅުން ރަމްޒުކޮށްދޭކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން މި މަސައްކަތްތަކުގެ ސަބަބުން ދެ ގައުމަކީ ތަރައްގީގައި ހަގީގީ ބައިވެރިންކަން ފެނިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: