ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޭޓާރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދުވެލި ބާރުކުރާނަން: މޯދީ

ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ މަސައްކަތްތައް އިތުރަށް އަވަސްކުރެވޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ދިގު ތާރީޚެއް އޮތް ގުޅުމެކެވެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަވައްޓެރިޔާ އަދި އެކުވެރިޔާކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާގެ ”ނެއިބަރހުޑް ފަސްޓް“ ސިޔާސަތާއި ”ސާގަރ ވިޝަން“ ގައި ދިވެހިރާއްޖެއަކީ ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމުގެ ތެރޭގައި، ކުއްލި ހާލަތްތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތި އަދި ބޯފެން ފޯރުކޮށްދިނުމާއި، ކޮވިޑް-19 ގެ ވެކްސިން ފޯރުކޮށްދިނުން ހިމެނެއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޖާމިއު އިޤްތިޞާދީ އަދި ކަނޑުވެރިކަމުގެ ޕާޓްނަރޝިޕެއްގެ ވިސްނުން ދެ ގައުމުންވެސް ބަލައިގަނެފައިވާކަން ބޮޑުވަޒީރު ހާމަކުރެއްވިއެވެ. އަދި ތަރައްޤީގެ ޕާޓްނަރޝިޕަކީ ދެ ގައުމުގެ ގުޅުމުގެ މުހިންމު ބައެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ލޯނު ދެއްކުން ފަސްކޮށްދިނުމާއި، ކަރަންސީ ސްވޮޕް އެއްބަސްވުމެއް ޤާއިމުކުރުން ހިމެނެއެވެ.

ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭ އިފްތިތާޙުކުރެވިފައިވާކަމާއި، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު އަވަސް ދުވެއްޔެއްގައި ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ތިލަފުށީގައި އައު ވިޔަފާރި ބަނދަރެއް ޤާއިމުކުރުމުގައިވެސް އިންޑިއާގެ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވިއެވެ.

ނިންމާލަމުން، ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމާއި، މި މަޝްރޫޢުތަކުގެ ސަބަބުން 30,000 އަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: