ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންސިއުލޭޓުތަކެއް ގާއިމް ކުރުމާއި ގުޅޭގޮތުން އިންޑިއާ އަދި ރާއްޖެއިން މަޝްވަރާކޮށްފި

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އައްޑޫ ސިޓީއާއި އިންޑިއާގެ ބެންގަލޫރުގައި ކޮންސުލޭޓުތައް ގާއިމުކުރުމަށްޓަކައި ދެ ގައުމުގެ އިސްވެރިން ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާގޮތުން އިންޑިއާށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ދިވެހިރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމަށާއި ރާއްޖޭގެ ކޮންސިއުލޭޓެއް އެ ގައުމުގެ ބެންގަލޫރުގައި ގާއިމުކުރުމާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އިންޑިއާއަށް ކުރައްވާ މި ދަތުރުގައި ދެ ގައުމުގެ ދެމެދު ރަސްމީ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ސަރުކާރުގެ އިސްވެރިންގެ ވަފުދެއްވެސް ރައީސްއާއި އެކު އިންޑިއާއަށް ވަޑައިގަތެވެ. ދެ ގައުމުގެ ސަރުކާރު ދެމެދު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ނިންމާލެވިފައިވާ ޕްރޮޖެކްޓުތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތެއްވެސް ކުރިއަށް ގެންގޮސްފައިވާއިރު، އިންޑިއާގެ ސަރުކާރުންވަނީ އެ ގައުމުން ރާއްޖޭގައި ބިނާކޮށްފައިވާ 700 އަށްވުރެ ގިނަ ހައުސިންގް ޔުނިޓު ރާއްޖޭގެ ސަރުކާރާއި ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: