ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ބޭރު ފައިސާގެ މައްސަލަ ހައްލުކުރެވިގެންދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއާއެކު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާއަށްފަހު ދެއްވި ސްޓޭޓްމެންޓުގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ. އިންޑިއާ އަކީ ރާއްޖޭގެ އިގްތިސާދާއި ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަމަށާއި ރާއްޖެއަށް އެހީ އެންމެ ބޮޑަށް ބޭނުންވާ ވަގުތުތަކުގައި އިންޑިއާއިން އަބަދުވެސް އެހީވުމަށް ތައްޔާރަށް އޮންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އިންޑިއާއާއެކު 400 މިލިޔަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލުމުން އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ ބައެއް އެއްބަސްވުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ އެ އެއްބަސްވުންތަކުގެ ސަބަބުން މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާވެގެންގޮސްފައިވާ ކަމަށާއި އަދި މިއީ ދެމެހެއްޓެނިވި ތަރައްގީއަށް ކޮންމެހެން ބޭނުންވާކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުން ދެ ގައުމުގެ ފުރިހަމަ އިގްތިސާދީ ގާބިލުކަން ބޭނުންކުރެވޭނެކަމަށާއި ފަތުރުވެރިކަމާއި ތަރައްގީގެ ދާއިރާއިންވެސް އިންޑިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރެވޭނެކަން ފާހަގަކުރައްވައި އެ އެއްބަސްވުން އެކުލަވާލެވޭނެ ދުވަހަށް އިންތިޒާރު ކުރައްވާކަމަށް ވިދާޅުވެފައެވެ.

”އިންޑިއާ ކަނޑުގެ ސަލާމާތާއިހަމަޖެހުމުގައި ދެ ގައުމުގެ ގުޅުން މުހިއްމު. އިންޑިއާއަކީ ކަނޑުގެ ސަލާމަތީ ދާއިރާގައި މުހިންމު ބައިވެރިއެއް“

ރާއްޖޭގެ ފަތުރުވެރުވެރިކަމުގެ ސިނާއަތުގައި އިންޑިއާގެ ފަތުރުވެރިން މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ އެޤައުމުގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: