ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އިގްތިސާދީ ޕްލޭނެއް އެބައޮތް، އެ ނަތީޖާ މިދިޔަ ދިހަ މަހުގައި ފެނުނު: ސައީދު

އިންޑިއާގެ ނިއުދިއްލީގައި ކުރިޔަށް ގެންދިޔަ ބިޒްނަސް ފޯރަމްގައި މިނިސްޓަރ ސައީދު ވާހަކަ ދެއްކެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު ގައުމުގެ ތަރައްގީއަށް ތަސައްވުރެއް ހާމަކުރައްވައި އެއަށް ކާމިޔާބީތަކެއް ހޯއްދަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ކުރިޔަށް ގެންގޮސްފައި ވަނީ ބިޒްނަސް ފޯރަމް އެވެ. މި ރަސްމިއްޔާތުގައި ސައީދު ދެއްކެވި ވާހަކައިގައި ވަނީ ދުނިޔެ ޓެކްނޮލޮޖީގެ ގޮތުންނާއި، އިގްތިސާދީ ގޮތުން ހޯދަމުން އަންނަ ކުރިއެރުންތަކާއި އެއް ހަމައެއްގައި ހިދުމަތަށް ދިނުމަށް ރާއްޖެ ކުރަމުން ދާ މަސައްކަތް ފާހަގަކުރައްވާފަ އެވެ.

ދެ ގައުމުގެ ގުޅުންތައް ވަރުގަދަކޮށް، ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ ސައީދު ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ރާއްޖެއަށް ތަރައްގީ ގެނައުމެވެ. ރާއްޖޭގެ ތަަރައްގީއަށް ތަސައްވުރެއް ޕްލޭން ކުރައްވައި، ރައީސް މުއިއްޒު މިދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި ގިނަ ކާމިޔާބުތަކެއް ހޯއްދަވާފައިވާކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ޓްރޭޑް އިންވެސްޓްމަންޓުގެ ދާއިރާ ކުރިއެރުންތައް ހޯދަމުންދާއިރު، އިންވެސްޓަރުންނާއި އެކު މަސައްކަތް ކުރުމަށް ދިވެހި ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

މާލީ ސިޔާސަތުތަކުގެ ތެރެއިން، ސަރުކާރުން ފޮރިން އިވެސްޓްމަންޓު ގާނޫނަށް އިސްލާހުތައް ގެނެސް ދާއިރާގެ ތެރެއިން ކުރަމުން ދާ މަސައްކަތްތައް ސައީދު ވަނީ ފާހަގަކުރައްވާފަ އެވެ. މިއީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުތައް އަދި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާއި ގުޅޭ އުސޫލު ބަޔާންކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން އެފަދަ އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓުތަކަށް ބަދަލު ދެވޭނެ އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ އިގްތިސާދީ ގޮތުން ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުން ފުރިހަމަ ނަތީޖާ ނެރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޒަމީރު ވިދާޅުވީ ވިދާޅުވީ ރާއްޖެއަށް އައު ފޮރިން އިންވެސްޓްމަންޓުތައް ގެނެސް ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: