ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖާއި ޢުމްރާގެ ކަންކަން ހަރުދަނާ ކުރުމަށް މަހާސިންތާއެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖާއި ޢުމްރާގެ މައްސަލަތައް ހަރުދަނާ ކުރުމަށް މަހާސިންތާއެއް ބޭއްވުމަށް ނިންމަވަފާއިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޙައްޖާއި ޢުމްރާއާ ބެހޭ ކޮންފަރެންސް މިމަހުގެ 31 ގައި ބާއްވަން ނިންމާފައިވާކަމަށެވެ. އަދި އެކަން ކުރުމުގެ މަޤުސަދަކީ، ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހިން ގެންދިއުމުގެ އިންޒާމު ހަރުދަނާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހިންނަށް ޙައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ޙައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، ގިނަ ރައްޔިތުންނަށް މި މުހިންމު އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ރާއްޖޭގައި މިވަގުތު ޙައްޖަށް މީހުން ގެންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ. ނަމަވެސް ޢުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 56 ކުންފުންޏަކަށް އިސްލާމީ ކަންތައްތާކާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ހުއްދަދެވިފައެވެ. އަދި މިއަހަރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގިނަ އަދަދެއްގެ ދިވެހިން ވަނީ ހައްޖަށް ފޮނުވައިފައެވެ.

ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލާއި، ޢުމްރާގެ އަޅުކަން އަދާކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލާ އެއްގޮތަށް ޙައްޖަށް ނުވަތަ ޢުމްރާގެ އަޅުކަމަށް މީހުން ގެންދިޔުމުގައި ހުއްދަ ދެވޭ ފަރާތްތަކުން، ނުވަތަ ކުންފުނިތަކުން ޢަމަލުކުރާކަން ކަށަވަރުކޮށް އެކަންކަން ރެގިއުލޭޓުކޮށް އެ މަސައްކަތްތައް އިސްލާމީ ވުޒާރާއިން ދަނީ ބލަހައްޓަމުންނެވެ. އެގޮތުން، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ކަންކަން ހަރުދަނާ ކުރުމަށް މަހާސިންތާއެއް ބޭވުމަށް ވަނީ ނިންމައިފައެވެ. އަދި އިމާމުންގެ މަހާސިންތާއަކާއި، ދީނީ ޢިލްމުވެރިންގެ މަހާސިންތާއެއްވެސް އެ ވުޒާރާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަދަ މަހާސިތާއެއް ކުރިޔަށް ގެންދިއުމުގެ ބޭނުމަކީ، މިނިސްޓްރީން ފާހަގަކުރި ގޮތުން ދީނީ ކަންކަމަށް އާންމުން ހޭލުންތެރި ކުރުވުމާއި ކަނޑައެޅިފައިވާ ދާއިރާތަކުން ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު މުއްސަނދި ކުރުމެވެ. އަދި ސައްހަ އަގީދާ ކިޔައިދިނުމުގައި ދީނީ އިލްމުވެރިންގެ ދައުރު ފުޅާ ކުރުމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ އެއް އަމާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: