ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އޮތީ އިންވެސްޓްމަންޓުތަކަށް ފަހި މާހައުލެއް، އެކަމުގެ ބޭނުން ހިފޭނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ އިންވެސްޓްމަންޓުތަކަށް ފަހި މާހައުލެއް އޮތް ގައުމެއްކަމަށާއި، ފޮރިން އިންވެސްޓްމަންޓުގެ ގާނޫނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މުމްބާއީގައި ކުރިޔަށް ގެންދިޔަ ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއިން ދުނިޔޭގެ ލީޑިން ފަތުރުވެރިކަމުގެ ލަގަބު ދަމަހައްޓަމުން ދަނީ ފަހުރުވެރިކަމާއި އެކު ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި، އިންޑިއާގެ އަދަދުތައް މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ ކުރިއަރާފައިވާ މާކެޓުތަކުގެ ތެރޭގައި އެ ގައުމު ހިމެނޭ ކަަމަށެވެ.

ރާއްޖެއިން ފަތުރުވެރިކަމުގެ ހިދުމަތް ދިނުމުގެ އައު ނިޒާމްތަކެއް ތައާރަފުކޮށް އީކޯ ޓުރިޒަމާއި، ފިލްމް ޓޫރިޒަމަކީ މުހިންމު ސިނާއަތުގެ ބަޔަކަށް ވެގެން ދާނެކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ވަނީ އިންޑިއާގެ ބޮލިވުޑް ދާއިރާގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ ދައުވަތު ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދުގެ ފާހަގަކުރެވޭ، ފަތުރުވެރިކަމުގެ ބައި ހަބުކަމަށާއި ބޭނުން ވަނީ ވީހާވެސް ރަނގަޅު ހިދުމަތްތައް ދިނުމަށް ކަމަށެވެ.

ފޮރިން އިންވެސްޓްމަންޓު ގާނޫނެއް ދާދިފަހުން ފާސްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ބޭނުމަކީ އިންވެސްޓްމަންޓުތަކަށް ހުޅުވާލުން ކަމަށެވެ. އިންޑިއާގެ މުމްބާއީން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ކުރު ދަތުރެއްވުމާއި އެކު، މާބޮޑު ގޮންޖެހުމަކާއި ނުލައި ހިދުމަތް ހޯދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: