ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް 1.5 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1،522،621 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1،390،307 ފަތުރުވެރިންނާއި އަޅާ ބަލާއިރު 9.5 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދޮޅު މިލިޔަނަށް އަރާފައިވާއިރު، ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުވަނީ އަނެއްކާވެސް 5000އަށްވުރެ މައްޗަށް އަރާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،100 ފަތުރުވެރިން އާދެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓަށް ބަލާއިރު، ބައެއް ބަދަލުތައްވަނީ އައިސްފައެވެ. އެގޮތުން މިހާރު އިޓަލީ ފަހަތަށް ޖައްސާލުމަށްފަހު ޖަރުމަންވިލާތްވަނީ ހަތަރުވަނައަށް އަރާފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް

  •  ޗައިނާ : 227،978 ފަތުރުވެރިން
  •  ރަޝިއާ : 166،172 ފަތުރުވެރިން
  •  އިނގިރޭސިވިލާތް : 128،262 ފަތުރުވެރިން
  •  ޖަރުމަންވިލާތް: 110،574 ފަތުރުވެރިން
  •  އިޓަލީވިލާތް : 107،799 ފަތުރުވެރިން

ސަރުކާރުން ކަނޑައަޅާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކުރުމަށެވެ. މިއަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 477،379 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ބޭރު ޤައުމުތަކުގައި ބާއްވާ އެކި އެކި ފެއަރތަކުގައި ބައިވެރިވުމާއި އިޝްތިހާރު ކުރުމުގެ ގިނަ ހަރާތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: