ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ބޮލީވުޑްގެ ތަރިންނަށް ރައީސްގެ ދައުވަތެއް!

ރައީސްގެ ދެކަނބަލުންނާއި ޓޫރިޒަމް މިނިސްޓަރު ފައިސަލް ބޮލީވުޑްގެ ބައެއް ތަރިންނާ އެކު މިއަދު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: އަހުމަދު ހަމްދޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޮލީވުޑްގެ ތަރިންނަށް ދިވެހިރާއްޖޭގައި ފިލްމު ކުޅުމަށް ޚާއްޞަ ދަޢުވަތެއް އަރުވައިފިއެވެ.

އިންޑިޔާ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި، މިއަދު މުންބާއީގެ ތާޖު މަޙަލް ޕެލެސްގައި އިންވެސްޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މި ދަޢުވަތު އެރުއްވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގައި ފަތުރުވެރިކަމުގެ ދައުރު ވަރަށް މުހިންމެވެ. ފަތުރުވެރިކަމަކީ ހަމައެކަނި ދަތުރުފަތުރުކުރުމެއް ނޫނެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ވަރުގަދަކޮށް، ސަގާފީ ގުޅުން ކުރިއެރުވުމުގެ ވަސީލަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއިން އެއް ލައްކައަށްވުރެ ގިނަ އިންޑިޔާ ފަތުރުވެރިންނަށް މަރުޙަބާ ކިޔާފައިވާ ކަމަށާއި، ވިދިވިދިގެން ހަތަރު އަހަރު ދުނިޔޭގެ އެންމެ މަގަބޫލް މަންޒިލުގެ މަޤާމު ދިވެހިރާއްޖެއަށް ލިބިފައިވާކަން ރައީސް ފާހަގަކުރެކުރެއްވިއެވެ. މި ކާމިޔާބީ ޙާޞިލުކުރެވިފައިވަނީ އެހެން ޤައުމުތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށާއި، އިންޑިޔާއަކީ މި ކާމިޔާބީގައި މުހިންމު ބައިވެރިއެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ޙަފްލާގެ ތެރޭގައި ރައީސް ވަނީ ބޮލީވުޑްގެ ތަރިންނަށް އެ ބޭފުޅުންގެ ފިލްމުތައް ކުޅުމަށް ދިވެހިރާއްޖެއަށް ވަޑައިގަތުމުގެ ދަޢުވަތުވެސް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: