ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާއިން ރާއްޖެއިން ހޯދި ކާބިޔާބީތަކަށް 2 އެވޯޑެއް ޑަބްލިއުއެޗްއޯއިން ދީފި

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޕަބްލިކް ހެލްތު އެޗީވްމަންޓް ދާއިރާއިން ދިވެހިރާއްޖެއަށް ދެ އެވޯޑެއް ދީފިއެވެ.

މި އެވޯޑުތައް ހަވާލުކުރެވުނީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައެވެ.

ދިވެހިރާއްޖެއަށް މި އެވޯޑުތައް ލިބިފައިވަނީ ކުޑަކުދިންގެ މެދުގައި ހެޕަޓައިޓިސް ބީ ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމާއި، ފަސް އަހަރުން ދަށުގެ ކުދިންގެ މަރުވާ ނިސްބަތް މަދުކުރުމުގައި ޙާޞިލްކޮށްފައިވާ ކާމިޔާބީގެ ސަބަބުންނެވެ. މި އެވޯޑުތައް ލިބުނު އެހެނިހެން ޤައުމުތަކުގެ ތެރޭގައި ކޮރެއާ، އިންޑޮނީޝިއާ، ސްރީލަންކާ އަދި ތައިލެންޑު ހިމެނެއެވެ.

މި އެވޯޑުތަކުގެ މަޤްޞަދަކީ ޢާންމު ޞިއްޙަތުގެ ރައްކާތެރިކަމަށާއި ކުޑަކުދިންގެ ޞިއްޙަތު ރަނގަޅުކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް އެކަންކަމަށް ހިތްވަރުދިނުމެވެ.

ޑަބްލިއުއެޗްއޯ އިން ދިވެހިރާއްޖޭގައި ހެޕަޓައިޓިސް ބީ ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާކަމަށް ކަނޑައަޅާފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކަށާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ބައްި ބައްދަލުވުމަކީ މި ސަރަޙައްދުގެ 11 ޤައުމެއްގެ ޞިއްޙަތާބެހޭ ވަޒީރުންނާއި، ޞިއްޙީ ދާއިރާގެ އިސްވެރިންނާއި، ފަންނީ މާހިރުން ބައިވެރިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އޭޝިއާ ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާ ގުޅޭ މުހިންމު ނިންމުންތައް ނިންމައި، މި ސަރަޙައްދުގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ބައްދަލުވުމަކީ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އެންމެ މުހިންމު ޙުކޫމަތްތަކުގެ މެދުގައި ބޭއްވޭ ބައްދަލުވުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: