ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިންޑިއާ އައުޓް“ ކެމްޕޭނުގެ މާނަ ބަޔަކަށް އޮޅުނީބާ؟

ރާއްޖޭގައި ހިންގި އިންޑިއާ އައުޓް ކެމްޕޭން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ފަހަކަށް އައިސް، މީޑިއާގެ އެކި މަންސަތަކުގައި ސިޔާސީ ފަރާތްތަކުން މި ދަތުރުފުޅާ ގުޅޭގޮތުން ދައްކަވަމުންދާ ވާހަކަތަކާއެކު، ރައީސްގެ ސިޔާސަތުތަކަށްވެސް ފާޑުކިޔުންތައް އަމާޒުވަމުންދެއެވެ.

ބައެއް ފަރާތްތަކުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ”ޔޫ-ޓާން“ އެއް ނެންގެވީ ކަމަށް ބުނެއެވެ. މިފަދައިން ގިނަ ބަޔަކު ދެކެވަޑައިގަންނަވާ މައިގަނޑު ސަބަބަކީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޕީޕީއެމް-ޕީއެންސީއިން ފެށި ”އިންޑިއާ އައުޓް“ ޙަރަކާތެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގައި ފެށުނު ”އިންޑިއާ އައުޓް“ ޙަރަކާތުގެ މަޤްޞަދަކީ، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ، އެ ފަރާތްތައް ފޮނުވާލުމަށް ގޮވާލުމެވެ. އަދި ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަށް އިންކާރުކުރީ ހަމައެކަނި ޕީޕީއެމް-ޕީއެންސީގެ ބޭފުޅުން އެކަންޏެއް ނޫނެވެ. ”އިންޑިއާ އައުޓް“ ގެ ނަމުގައި އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން އިޙްތިޖާޖުކުރިއެވެ. މީސް މީޑިއާގައާއި އެހެނިހެން ވަސީލަތްތަކުން މި މައްސަލައާ ގުޅޭ ވާހަކަތައް ހަރުއަޑުން ދެކެވެމުން ދިޔައެވެ.

އެ ދުވަސްވަރު ދިވެހި ރައްޔިތުންވެސް މި މައުޟޫޢުއާ ގުޅޭގޮތުން ޚިޔާލު ފާޅުކުރަމުން ދިޔައެވެ. ބައެއް ފަރާތްތަކުން އަމިއްލަ ފޭސްބުކް އަދި ޓްވިޓަރ ޕްރޮފައިލްތަކުގައިވެސް މި ޝިޢާރު ބޭނުންކުރިއެވެ. އަދި މީސް މީޑިއާގައި ”އިންޑިއާ އައުޓް“ ގެ އަޑު ގަދަވުމާ ގުޅިގެން، އެކަން ކުށަކަށް ހެދުމަށްޓަކައި 2022 ވަނަ އަހަރުގެ ޖޫން 29 ވަނަ ދުވަހު، އޭރުގެ ސަރުކާރުގެ ފަރާތުން ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނެވެ.

ވެރިކަން ޕީ.އެން.ސީއަށް ބަދަލުވުމާއެކު، ކުރިން ”އިންޑިއާ އައުޓް“ ގެ އަޑުގަދަކޮށް ގޮވި ފަރާތްތައް މުޅިން މަޑުމައިތިރިވެގެން ދިޔައެވެ. ސޯޝަލް މީޑިއާގގައި އެފަދަ މެސެޖުތައް ފެތުރި ފަރާތްތަކުން މިހާރު އެކަން އިންކާރުކުރާ ހިސާބަށް ވަނީ ގޮސްފައެވެ.

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތީ 129,159 ރައްޔިތުންގެ ތާއީދާއެކުގައެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ރައްޔިތުންގެ ރުހުމާ އެއްގޮތަށް ރާއްޖޭގައި ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނުދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނުގެ ސިޔާސަތުތައް ވަރަށް ސާފުކޮށް ރައްޔިތުންނަށް ހާމަކުރައްވަމުން ގެންދެވި ނަމަވެސް، މިއަދު ބައެއް ފަރާތްތަކުން އެކަންކަމާމެދު ހިތްހަމަނުޖެހޭކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖެއާއި ދޭދޭ ގައުމުތަކުގެ މެދުގައިި އޮންނަ ގުޅުމަކީ ނުވަތަ ދެންމެ މި ދެންނެވި ”އިންޑިއާ އައުޓް“ ހަރަކާތަކީ އިންޑިއާ އާއީ ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ހީނަރު ކުރުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތެއް ނޫނެވެ. މިއަދު ކޮންމެ ގައުމެއްވެސް އެގައުމުގެ ބާރުތަކާއި އެގަުމުގެ ފަސް ގަނޑު އެހެން އަސްކަރީ ބާރަކަށް ދޭން ބޭނުން ނުވާނެއެވެ. ހަމަ އެފަދައިން ރާއްޖޭގެ ރައްޔިތުންވެސް އޭރު ހަމަ ބޭނުންވީ ރާއްޖޭގެ ފަސްގަނޑުން އިންޑިއާގެ އަސްކަރީ ބާރު ފައިބައިގެން ދިއުމަށެވެ. ރައީސް އަމަލު ކުރެއްވީ ރައްޔިތުން ބޭނުން ވި ގޮތަަށެވެ. ރައްޔިތުންގާތުން ވެ ވަޑައިގެން ވައުދު ފުއްދެވީއެވެ. ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގާތް ރަހުމަތް ތެރިކަމުގެ ގުޅުން ގެންދަވަނީ އަދިވެސް ހަމަ އެގޮތުގައި ދަމަހައްޓަމުންނެވެ.

މިހާރު ރާއްޖެއާއި އިންޑިއާއާ ދެމެދު ވެވޭ އެއްބަސްވުންތަކާއި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން ރާއްޖެއަށާއި ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވަމުންދެއެވެ. ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އާބާދީގެ 87.31% އިން 54% ރައްޔިތުން ވަނީ ރައީސް މުޢިއްޒު ހޮވާފައެވެ.

އެހެންކަމުން، މިއަދު ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރި ނަމަވެސް، އެ ފަރާތްތަކުންވެސް ކުރިން ”އިންޑިއާ އައުޓް“ ގޮވާ، ރައީސް މުޢިއްޒަށް ވޯޓު ދިނުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ރައީސް ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޢަމަލުކުރައްވާފައެވެ. ހިގާގަތް އޮޅުވާލަން ބަޔަކު އުޅުނަސް ހަމަ ހިލާ އެކަމެއް ނުވާނެއެވެ.

ވަރަށް ގަދަ
58%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: