ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިސްކަލް ރިފޯމް އެޖެންޑާގެ ދަށުން ކާމިޔާބީތަކެއް ލިބިގެންދާނެ: ޒަމީރު

އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ޒަމީރު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާއި މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ސަރުކާރުން އަމާޒު ހިފާއި އެކުލަވާލާފައިވާ ފިސްކަލް ރިފޯމް އެޖެންޑާގެ ދަށުން ކާމިޔާބީތަކެއް ލިބިގެންދާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޒަމީރު ވިދާޅުވީ ވިޔަފާރިއާއި އިންވެސްޓުގެ ދާއިރާއިން ރާއްޖޭގައި ފަހި ފުރުސަތުތަކެއް އެބަހުރިކަމަށެވެ.

ޒަމީރު ވިދާޅުވީ އިންޑިއާއި ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުން އެކުގައި ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށާއި، ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން އެއީ ކާމިޔާބު މަސައްކަތަކަށް ވެގެން ދާނެކަމަށެވެ.

ރައީސް މުއިއްޒުގެ ތަސައްވުރަކީ ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު 2018 ވަނަ އަހަރު އަންނަންވާއިރަށް ބަދަލުކޮށް ސިންދަފާތު ކުރުމެވެ. އަދި ދަރަނި ކުޑަކުރުމާއި މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ސަރުކާރުން އަމާޒު ހިފާއި ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލާފައިވާކަން ފާހަގަކުރެއްވި އެވެ.

ރީފޯމް އެޖެންޑާއާއި ގުޅޭގޮތުން ޒަމީރު ދެއްކެވި ވާޣަކައިގައި ވަނީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމީރު ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ އެހީގައި ޕްރައިވެޓް ސެކްޓާއަށް ކުރިއެރުން ގެނެސްދިނުމެވެ.

މީގެއިތުރުން ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކޮށް، އެ ދާއިރާގެ މާކެޓުތައް ސިންދަފާތުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ޒަމީރު ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް މަޝްރޫއެއްކަމަށް ޒަމީރުގެ ވާހަކައިގައި ފާހަގަކުރެއްވޯ ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: