ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ: ފަޒުލް

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަސައްކަތްތައް: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަޒުލް ވަނީ އެޗްޑީސީގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ ހުޅުމާލޭގައި ކުރެވެމުންދާ ތަރައްޤީގެ މަސައްކަތްތައް ނުހުއްޓި ކުރިއަށްދާ ކަމަށެވެ. އަދި ކުރަން ހުރި މަސައްކަތްތަކާއި ނުކުރެވި ހުރި މަސައްކަތްތައްވެސް ހުންނާނެކަން ގަބޫލުކުރަންވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ފާހަގަކުރެއްވިއެވެ.

”އެޗްޑީސީގެ ސްޓާފުން ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތްތައް ކުރަމުން. އެކަމާމެދު ފަޚުރުވެރިވެ، ޝުކުރު އަދާކުރަން،“ ފަޒުލް ވިދާޅުވިއެވެ.

ކުރެވެމުންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން، ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް ސަރަހައްދުގައި މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އެކަން ކުރުމަށްޓަކައި ބޭނުންވާ ކަރަންޓު ވިއުގަ އޮގަސްޓު މަހުގެ ނިޔަލަށް ނިންމާލެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

އެހެންނަމަވެސް، މަގުބައްތިތަކަށް އަޅާފައިވާ ގޭބަލްތައް ގެއްލިފައިވާކަން ފަޒުލް ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށް އެޗްޑީސީން މަސައްކަތްކުރަމުންދާ ކަމަށް ބެލެވެއެވެ.

ހުޅުމާލޭގެ ތަރައްޤީގެ މަޝްރޫޢުތަކަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށާއި، ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: