ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ގެނެސް ހިދުމަތް ފުޅާކުރަން ރައީސްގެ ދައުވަތު އިންވެސްޓަރުންނަށް!

އިޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ގެނެސް ހިދުމަތް ފުޅާކުރަން އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބެންގަލޫރުގައި ބޭއްވި ”އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް“ ގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު ކުރިޔަށް ގެންދިޔަ ބިޒްނަސް ފޯރަމްގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް އިގްތިސާދަށް ހާއްސަަ ސަމާލުކަމެއް ދީގެން ދާއިރާ ކުރިއެރުވުމަށްކަމަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 15 އިންސަައްތަ ހިއްސާ ކުރާ އެއް ބަޔަކީ ޑިޖިޓަލް އިގްތިސާދުކަމަށް ހަދައި އެ އަމާޒަށް 2030 ވަނަ އަހަރު ވާސިލްވެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ހޯދާފައިވާ އިންޑިއާގެ ކާމިޔާބީއަށް ތައުރީފު ކުރައްވައި ރައީސް ވިދަޅުވީ، ރާއްޖެއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ގެނެސް ހިދުމަތް ފުޅާކުރަން އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާކަމަށެވެ. ޑިޖިޓަލް ފުރުސަތާއި، އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭ ގޮތަށް، މަސައްކަތް ކުރުމަށް އެދިވަޑައިގެން ރައީސް ވިދަޅުވީ ރާއްޖޭގެ ޒުވާން އާބާދީގެ ބޭނުން މިކަމުގައި ހިފޭނެކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އިންވެސްޓްމަންޓުތައް ގެނައުމަށް އިންޑިއާއަށް ފަސޭހަވާނެ އެންމެ ބޮޑު ސަބަބަކީ އެންމެ އަވައްޓެރި ގައުމުގެ ގޮތުގައި އޮތުމެވެ. ހާއްސަކޮށް ދެ ގައުމުގެ ދެމެދުގައި އޮތީ ޒަމާންވީ، އެތައް އަހަރެއްވީ ގުޅުމެއްކަމަށްވުމާއި އެކު އެ ސަގާފަތުގެ ތެރެއިން ވެސް އިންވެސްޓުމަންޓުތައް ފުޅާ ކުރެވޭނެކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވެސް ރައީސް ވަނީ، އިންޑިއާގެ ޑިޖިޓަލް ހިދުމަތް ބޭނުންކޮށްގެން ހޯދޭނެ ކުރިއެރުންތައް ފާހަގަކުރައްވައި މި ދަތުރުފުޅުގެ ތެރެއިން އިފްތިތާހު ކުރި ރުޕޭ ކާޑު ބޭނުން ކުރަން ފެށުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކަކީ، އިގްތިސާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ދިވެހިރާއްޖެ ދެކޭ ތަސައްވުރު ބާރުދޭ ފަދަ ފުރުސަތުތަކެއް ކަމަށެވެ. މީގެ ތެރެއިން، ހާއްސަ އިގްތިސާދޫ ސަރަހައްދުތަކުގައިއާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑުތައް އަދި، ތިމާވެއްޓާ ރަހުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: