ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އިޓަލީގެ ފަތުރުވެރިން އިތުރުކުރަން މަޝްވަރާކޮށްފި!

ރާއްޖެއާއި އިޓަލީގެ ފަތުރުވެރިކަމުގެ ވަޒީރުން: ފޮޓޯ/ ޓުއަރިޒަމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އިޓަލީގެ ފަތުރުވެރިން އިތުރުކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ފަތުރުވެރިކަމުގެ ވުޒާރާގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިނިސްޓަރ ފައިސަލް ވަނީ އިޓަލީގެ ރިމިނީގައި ބޭއްވުނު ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގައި ބައިވެރިވެވަޑައިގެންފައެވެ. އަމިއްލަ އެކްސް އެކައުންޓުގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ފައިސަލް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ ޝަރަފެއްކަމުގައި ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާ ކަމުގައި ހާމަކުރައްވާފައެވެ.

މި ހަރަކާތުގެ ތެރޭގައި މިނިސްޓަރ ފައިސަލް ވަނީ އިޓަލީގެ ޓޫރިޒަމް މިނިސްޓަރ ޑެނިއޭލާ ސޭންޓެޗްއާ ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ފައިސަލް ވިދާޅުވީ، އެ މަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމާމެދު އުފާފުޅުވާ ކަމަށެވެ. އަދި ދެ ފަރާތުން ވަނީ ދިވެހިރާއްޖެއަށް އަންނަ އިޓަލީގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށާއި، ރާއްޖެއަށް އެ ޤައުމުގެ ވިޔަފާރި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ގުޅުން ބަދަހިކުރެވިދާނެ އެހެނިހެން ދާއިރާތައް ދެނެގަތުމުގެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: