ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުހަމްގެ ”ވިންޑިކްޓިވް“ ނެރިފި!

ވިންޑިކްޓިވްގައި ހަރަކާތްތެރިވާ ތަރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިންޑިކްޓިވް ރެކޯޑްސްއާއިއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މުއިޒިކީ ތަރި، އަދުހަމްގެ ތިންވަނަ ލަވަ ”ވިންޑިކްޓިވް“ ނެރެފިއެވެ.

ވިންޑިކްޓިވް ރެކޯޑްސްގެ ފަރާތުން ސަންގަށް މައުލޫމާތު ދީފައިވާގޮތުން، އެ ލޭބަލް އިން އަދުހަމްއާއިއެކު ނެރޭ ތިންވަނަ ލަވަ އެންމެހާ ބެލުންތެރިންނަށާއި އަޑުއެހުންތެރިންނަށް ގެނެސްދެނީ ނުހަނު އުފަލާއިއެކުކަމަށެވެ. މި ލަވައަކީ އަދުހަމްގެ އެންމެ ފަހުންގެ ސިންގަލް ކަމަށްވާއިރު މި ލަވައިގައި އޭނާގެ ފަރާތުން ހިތްގައިމު ޕާފޯމެންސެއް ފެނި، އިވިގެންދެއެވެ. މި ލަވައިގެ ލިރިސިސްޓަކީ އިންޑިއާގައި މަޝްހޫރު އަމްރިތްޕާލް ސިންގް ޗާހާލްއެވެ.

ވިންޑިކްޓިވްގެ ނަމުގައި އާންމުކޮށްފައިވާ މި ލަވައިން އަލިއަޅުވާލާނީ، ބޭވަފާތެރިކަމާއި ލޯބީގެ ގުޅުމުގެ ތެރެއިން އުފެދިގެންދާ މައްސަލަތަކުގެ މައްޗަށެވެ. ވިސްނުންތެރިކަމާއިއެކު ލިޔެފައިވާ ލިރިކްސް އަދި އުފައްދާފައިވާ މިއުޒިކުން މި އިހުސާސްތައް އާލާކުރުވައެވެ.

ބައިނަލްއަގުވާމީ ލޭބަލްއަކާއިއެކު ސޮއިކޮށް މަސައްކަތްތައް ކުރަމުންދާ ފުރަތަމަ ދިވެހި އާޓިސްޓުގެ ހައިސިއްޔަތު އަދުހަމްދަނީ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރަމުންނެވެ. އަދި މި ލަވަ ނެރެވުމަކީ އަދުހަމްގެ ހަޔާތާއި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ތާރީހުގައިވެސް ފާހަގަކުރެވިގެންދާނެ ދުވަހެއްކަމަށާއި އަދުހަމްދަނީ އޭނާގެ ކިބައިގައި ހުރި ހުނަރު ބައިނަލްއަގުވާމީ އޯޑިއެންސަކަށް ދައްކަމުންކަމަށެވެ.

ވިންޑިކްޓިވް ރެކޯޑްސްއިން ބުނެފައިވާގޮތުން އަދުހަމް އެ ލޭބަލް އާއިއެކު ކުރަމުންދާ މަސައްކަތްތަކަކީ އޭނާގެ މަގުބޫލުކަން އިތުރުވަމުންދާ މިންގަނޑު ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. އަދި ކާމިޔާބީތައް ހާސިލުވެގެންދިޔައީ ރާއްޖޭގެ ފަރާތުން އޭނާ ބައިނަލްއަގުވާމީ މައިދާނަށް އިއްވައިދެމުންދާ ތަފާތު އަޑުތަކުގެ ސަބަބުންކަމަށާއި އަދުހަމްގެ އަޑު ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގް ޕްލެޓުފޯމްތަކުން އިވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: