ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ފެންނަމުންދަނީ ބެލެންސްޑް ހާރިޖީ ސިޔާސަތެއް: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު
ޝެއާރކޮށްލާ ކަހަލަދޯ؟

މާޒީއަށް ބެލުމުން ދިވެހިރާއްޖެ ހާރިޖީ ގޮތުން ވަކި ދިމާލަކަށް ބުރަވެފައިވާ މަންޒަރު ފެނިގެންދިޔަ ނަމަވެސް މިއަދު ފެނިގެންދަނީ ބެލެންސްޑް ހާރިޖީ ސިޔާސަތެއްކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު މަމްދޫހުވަނީ ރައީސް ޑރ މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންދިޔައިރާއި ވެރިކަން ގާއިމުކުރެވުނީއްސުރެވެސް ރައީސް ގެންދަވަނީ ދިވެހިރާއްޖެއިން ހުރިހާ ގައުމަކާއިއެކުވެސް ގުޅުންތައް ބަދަހިކުރަންޖެހޭކަމަށް ވިދާޅުވަމުންކަމަށެވެ.

މަމްދޫހު ވިދާޅުވީ، އެ ގުޅުން ގާއިމުކުރެވިގެންދާނެކަމުގެ އިތުރުން ގުޅުން ގާއިމުކުރާއިރު އެންމެ އިސްކުރާނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުކަންވެސް ހިއްސާކުރައްވާފައިކަަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު އަދި މި ސަރުކާރުން ގެންގުލެމުންދާނީ ނޭޝަން ފަސްޓު ނުވަތަ ގައުމު އިސްކުރާ ސިޔާސަތެއްކަމަށްވެސް ވިދާޅުވެފައިވާކަމަށޭވެ.

އޭނާ ވިދާޅުވީ، އެ ސިޔާސަތުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން މިއަދު ފެންނަމުންދަނީ ދުނިޔޭގެ ހުރިހާ ގައުމަކާއިއެކުވެސް ހާރިޖީ ގޮތުން ވަރަށް ގާތް ގުޅުންތަކެއް ގާއިމުކުރެވިގެންދާ މަންޒަރުކަމަށެވެ. މަމްދޫހު ވިދާޅުވީ، ފެނިގެންދަނީ އެކަން ހާސިލުކުރުމަށްޓަކައި ރައީސް މުއިއްޒު އަދި ސަރުކާރުންވެސް ވަރަށް ހިކުމަތްތެރިކަމާއިއެކު މަސައކަތްކުރައްވަމުންދާ މަންޒަރުކަަމށެވެ.

މަމްދޫހު ވިދާޅުވީ، ވާދަވެރި ފަރާތްތަކުން ރާއްޖެއާއި ބޭރު ގައުމުތަކާއި ދެމެދު ގުޅުން ހިނާރުކޮށްލުމުގެ ގޮތުން ތަފާތު އެކި ވާހަކަތައް ފަތުރަމުންދާ ނަމަވެސް ރައީސްވަނީ ގައުމު އިސްކޮށް، ހަރުދަނާ ހާރިޖީ ސިޔާސަތުތަކެއް ކުރިއަށް ނެރުއްވައިގެން ބައިނަލްއަގުވާމީ މައިދާނުގައި ގާތް ގުޅުންތަކެއް އުފައްދަމުންދާ މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ، މާޒީގެ ތެރެއިން ރާއްޖެއިން އެކި ދިމާތަކަށް ބުރަވެ އޮތް މަންޒަރު ފެނިފައިވާނަމަވެސް މިއަދު ފެނިގެންދަނީ ހާރިޖީ ގޮތުން ބެލެންސްޑް ސިޔާސަތެއް ގެންގުޅުއްވާ މަންޒަރުކަމަށެވެ.

ރާއްޖޭގައި ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ހަރަކާތާއި ގުޅޭގޮތުންވެސް މަމްދޫހު މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް މިއަދުވެސް މަސައްކަތްކުރައްވަމުންދަނީ އެންމެ ފުރަތަމަ ދުވަހުވެސް ރައްޔިތުންނަށް ދެއްވާފައިވާ ޔަގީންކަމުގެ މަތީގައިކަމަށެވެ. އަދި ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރެވިގެން މި ދަނީވެސް އޭރު ފާހަގަކުރި ކަންކަމާއި އެއްގޮތަށްކަމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުުގައި ރާއްޖޭގެ ރައްޔިތުން ރައީސް މުއިއްޒުއަށް ވޯޓު ދިނީ ދިވެހި ފަސްގަނޑުގައި އެއްވެސް އެހެން ގައުމެއްގެ ސިފައިން ތިބެން ބޭނުން ނުވާތީކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ރައީސްއަށް ވޯޓު ދިން މައިގަނޑު އެއް ސަބަބުކަމަށާއި، އެކަން މެދުވެރިވެގެން އައީ މާޒީގައި ހިނގި އެތައް ކަމެއްގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒުވަނީ ކެމްޕެއިންގައި ވިދާޅުވިގޮތަށް އެކަން ތަންފީޒުކުރައްވާފައިކަމަށާއި މި އަހަރުގެ މޭ މަހުން ފެށިގެން ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ނުތިބޭނެކަމަށެވެ. މަމްދޫހު ވިދާޅުވީ، އެމަނިކުފާނުވަނީ ވައުދުފުޅާ އެއްގޮތަށް އެކަން ތަންފީޒުކުރައްވާފައިކަމަށެވެ.

މަމްދޫހު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮތް އިރު ރާއްޖޭގައި ނެތްކަމަށް ބުނަމުންދިޔަ ސިފައިން، ވެރިކަން ބީވުމަށް ފަހު ދައްކާ ވާހަަކަތަކުގެ ތެރެއިން ތިބިކަމަށް ބުނާކަމަށާއި އެމްޑީޕީއަކީ ވެރިކަމުގައި އޮންނައިރު އެއް ދައްކާ ވާހަކަތައް އޮޕޮޒިޝަންއަށް އައުމަށްފަހު އެހެން ގޮތަކަށް ދައްކާ ބައެއްކަމަށެވެ.

އޭނާ ވިދާޅުވީ، އެފަދަ އަމަލުތައް އެމްޑީޕީގެ ފަރާތުން އަބަދުވެސް ފާހަގަކުރެވޭކަމަށާއި މިއަދު ހާރިޖީ ގުޅުންތައް ބަދަހިވެގެންދާއިރު އެމްޑީޕީއިން މަސައްކަތްކުރަމުންދަނީ އެ ގުޅުންތައް ހީނަރުކޮށްލުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: