ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެރިޓައިމް ސެކިއުރިޓީ ޕާޓުނާޝިޕު ގާއިމުކުރީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މަހަރާޝްޓްރާގެ ގަވަރުނަރު ރޭގަނޑުގެ ފަރީއްކޮޅެއްދެއްވުން / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާ ދެމެދު ގާއިމުކުރި މެރިޓައިމް ސެކިއުރިޓީ ޕާޓުނާޝިޕްގައި ރާއްޖޭގެ ކަންކަން އެހެން ބައެއްގެ އަތް އަތްމައްޗަށް ދޫކޮށްލައިގެން ކުރިއަށް ގެންދިއުމަށް ހިމަނާފައިނުވާކަމަށާއި، މި އެއްބަސްވުން ގާއިމުކޮށްފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ބެންގަލޫރުގައި ހުންނަވައި މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް އެންމެ މުހިންމީމީ ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތު އަދި އަމިއްލަވަންތަކަން ކަމަށެވެ. އަދި ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ދެނެއް ނުތިބޭނެކަމަށާއި، ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުމާއި، ރިވެތި އަޚްލާޤު އަދި ޑިޕްލޮމެސީގެ ރީތި އުސޫލުގެ ތެރެއިން އެކަމަށް ދާއިމީ ޙައްލެއް ގެނެވިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ”ވިޝަން ފޯ ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ“ އަކީ ލިޔެވިފައިވާ އެއްޗެއްކަމަށާއި، އޭގައި ދިފާޢީ ގޮތުން ހިމަނާފައިވާ ކޮންމެ ނުކުތާއަކީ އެމްއެންޑީއެފްއިން ބެލުމަށްފަހު ޑިފެންސް މިނިސްޓްރީއިން އެޕްރޫވް ކޮށްފައިވްފައިވާ ކަންކަން ކަމަށެވެ. އަދި މި އެއްބަސްވުމުގައި ހުރިހާ ކަމެއްވެސް އޮންނާނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށްކަމަށް ވިދާޅުވިއެވެ.

ރައީސް އަދި ވިދާޅުވީ، ރާއްޖޭގެ ކަންކަން އެހެން ބަޔަކު ކުރާ ގޮތަށް ދޫކޮށްލުމަށް މި އެއްބަސްވުމުގައި ހިމަނާފައިނުވާނެކަމަށާއި، އޮންނާނީ ދިވެހިންގެ ޤާބިލުކަން އިތުރުކުރުމުގެ ވާހަކަ ކަމަށެވެ. އަދި އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިނުވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: