ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕިންކް ރިބަން ރަން-ވޯކްއަށް އެހީތެރިކަން ފޯރުކޮށްދީފި

ބީއެމްއެލްއިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް 'ޕިންކް ރިބަން ރަން-ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދިނުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ ’ޕިންކް ރިބަން ރަން ވޯކް‘  އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުރުން 11 ރަށެއްގައި މި އިވެންޓް މިއަދު ވަނީ 2400 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީކޮށްގެން ކުރިއަށް ގެންގޮސްފައެވެ.

މި އިވެންޓް ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށެވެ. ބޭންކުން ވަނީ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެންސަރ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 200,000 ރުފިޔާ ސީއެސްއެމް އަށް ހަދިޔާކޮށްފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަށާއި ’ޕިންކް ރިބަން ރަން ވޯކް‘ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: