ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން – ކައުންސިލަރުންގެ ކޮންފަރެންސް ނިންމާލައިފި

‘ލާމަރުކަޒީ ގުޅުން - ކައުންސިލަރުންގެ ކޮންފަރެންސް’
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ބާއްވާ ‘ލާމަރުކަޒީ ގުޅުން – ކައުންސިލަރުންގެ ކޮންފަރެންސް’ ނިންމާލައިފި އެވެ.

މި ކޮންފަރެންސް ކުރިއަށް ގޮސްފައި ވަނީ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ކުޅުދުއްފުށި ސިޓީގަ އެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުން ހިމެނެ އެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.

މި ކޮންފަރެންސްގައި އެމްޑީޕީގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއި މި ސަރުކާރުން ގެންނަން ރާވާފައި ހުރި ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ވަނީ ހިއްސާ ކުރައްވާފައެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ އިދާރީ ހިންގުމާއި މާލީ ހިންގުންތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ކައުންސިލަރުންގެ ކޮންފަރެންސްގައި ޕާޓީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ރައީސް އަބްދުالله ޝާހިދު، ކުރީގެ ވީޕީ ފައިސަލް ނަސީމް އަދި އެހެން ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ހާއްސަ އިގުރާރެއްގައި ސޮއިކުރުމަށް ފަހު އާއްމުކުރުމަށް ވަނީ ނިންމާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: