ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމު ހިންގުމުގައި ސަރުކާރުން އެއްވެސް ދައްޗެއް ނުކުރޭ: މާލެ މޭޔަރ

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން މާލޭގެ މޭޔަރު އާދަމް އާޒިމް އެމަނިކުފާނާ ސަލާންކުރައްވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގައި މާލެ ސިޓީ ކައުންސިލުން، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ 15 މެމްބަރެއް ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާފައިވާނެކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާލުކޮށްލުމަށް މަސައްކަތް ކުރާކަމަށް ބުނެ، ކުޅުދުއްފުށި ސިޓީގައި އެމްޑީޕީ ބޭއްވި ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި އާޒިން ވިދާޅުވި ގޮތުގައި ކައުންސިލްގެ މަސައްކަތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުގެ ފަރާތުން އެއްވެސް ދަތިކަމެއް ދިމާ ނުވެ އެވެ. އަދި ކައުންސިލަށް އެމްޑީޕީގެ 15 ކޮންސަލްޓެންޓުން ނަގާފައިވާނެކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އިންތިހާބުވި ނަމަވެސް، ޕީއެންސީގެ ފަރާތުން ވެސް އެއްވެސް މަސައްކަތަކަށް ހުރަހެއް ނާޅާކަމަށް އާޒިމް ވިދާޅުވި އެވެ.

އަޅުގަނޑަށް މިވަގުތު ހަމަ ދަތިވާކަމެއް ނެތް، ކައުންސިލްގައި.. ކައުންސިލްގެ ތެރެއިން އަޅުގަނޑު ބުނާ ހުރިހާކަމެއް ވެއްޖެއްޔާކޮށްދޭ.. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމަ ކޮންސަލްޓެންޓުން ނަގައިގެން.. އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން އެތިބީ ވެސް.. އެކަކު ނޫނީ، އެހެންވީމަ ދަތިކަމެއް އަޅުގަނޑަކަށް އަދި މިހާތަނަށް ނެތް..

އާޒިމް ހަމައެކަނި ވިދާޅުވި ވާހަކައަކީ، ގޯސްކަމެއް ހިނގުމުން ބައެއް ފަރާތްތަކުން އެއީ ސީދާ ކައުންސިލްގެ މަސައްކަތެއްކަމަށް ބުނުމެވެ. އަދި ކާމިޔާބީއެއްގެ ފަހަތުގައި އޮތީ ސަރުކާރުކަމަށް ބައެއް ފަރާތްތަކުން ބުނުމެވެ. އެހެން ނަމަވެސް އެކަމުގައި އެއީ ސަރުކާރުން ދައްކަން އުޅޭ މަންޒަރެއްކަމަށް އާޒިމް ވިދާޅެއް ނުވެ އެވެ.

އާޒިމްގެ ވާހަކަ ނިމުމާއި އެކު، ރިޔާސަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުންނަވައި ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި އެމްޑީޕީގެ ސޯޝަލް މީޑީއާ އެކްޓިވިސްޓަށް އާޒިމް ދެއްކެވި ބައެއް ވާހަކަތައް އުނި ކުރުމަށް ފަހު ނޫނީ ޓުވީޓު ނުކުރުމަށް އެދުނެވެ.

މީ ޝަތޫ.. ތި ވީޑިއޯކޮޅު ޓުވީޓު ކުރަންޏާ އެޑިޓުކޮށްލައްވައްޗޭ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނަށް ކޮންސަލްޓެންސީ ވަޒީފާ ދިން ވާހަކަ

އެކަމަކު، އެއީ ވަގުތުން ލައިވް ކުރަމުން ދިޔަ ބައްދަލުވުމެއްކަން އޭރު ލީޑާޝިޕަށް އެނގިވަޑައި ނުގަންނަވަ އެވެ. ޕާޓީގެ ސެކްރެޓޭރިއޭޓުން ބައްދަލުވުން ލައިވްކޮށް ދައްކަމުންދާކަމަށް ވިދާޅުވުމާއި އެކު ރިޔާސަތުގައި ތިއްބެވި ބޭފުޅުން ނުރުހުންވާ މަންޒަރު ފެނެ އެވެ.

މި ލައިވް މިގހާރު ޑިލިޓުކޮށްފައިވީ ނަމަވެސް، އޭގެ ސްކްރީން ރެކޯޑިންތައް ދަނީ ދައުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: