ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ލިސްޓު އާންމު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ދަނީ ކުރަމުން: ހައުސިން

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ގެދޮރުވެރިޔާ ފްލެޓު ލިސްޓު އާންމު ކުރުމަށް ކުރަން ޖެހޭ މަސަައްކަތްތައް ކުރަމުންދާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. މި މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ބުނެފައިވަނީ ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައި ވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާކަމަށެވެ.

ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

މި މައްސަލައިގައި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރުމުން، ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ ފްލެޓް ދިނުމުގެ ކަންކަން ނިންމުމުގައި އަމަލު ކުރާނީ ވީހާވެސް އިންސާފުވެރި ގޮތަކަށް ކަމަށެވެ. އަދި ޓަވަރުތައް އިމާރާތްކޮށް ނިމެންވާއިރަށް ފައިނަލް ލިސްޓު ގެޒެޓް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ޝައްކަތެއް ނެތް މިންވަރަށް ޝަރުތުތައް ހަމަވާނަމަ އެ މީހަކު ފައިނަލް ލިސްޓުގައި ހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ޝަރުތު ހަމަވޭތޯ ބެލުމުގައި ވެސް ބަލަން ޖެހޭ ކަންކަން އިތުރަށް ބަލައި އެންމެ އިންސާފުވެރިކޮށް އެ ލިސްޓު ރިވިއު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ލިސްޓު މުރާޖައާކޮށް ނިމެނޭނެ ތާރީހެއް މިނިސްޓަރ ދެއްވާފައި ވާތީ، އެކަމަށް ނޫސްވެރިން ސުވާލު ކުރުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އޮކްޓޫބަރު މަަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހިނގާ އޮކްޓޫބަރު މަަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން

މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓާއި ގޯތި ލިބޭނެކަމަށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ލިސްޓުތަކުގައި ހިމެނުނު މީހުންގެ ތެރެއިން އޮޅުވާލައިގެން ނޫން ގޮތަކަށް ފްލެޓު ލިބުނު އެއްވެސް މީހަކަށް އެ ނުގެއްލޭނެކަމަށެވެ. އެކަމަކު އޮޅުވާލުމެއްގެ ތެރެއިން ފްލެޓު ލިބިފައިވާނަމަ، އެކަން ކުރިޔަށް ގެންގޮސް ބަލާނީ އޭސީސީންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: