ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. އަތޮޅުގައި ޤުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން ވަޒަންކުރުމުގެ މަސައްކަތެއް ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. އަތޮޅުގެ ޤުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން ވަޒަންކުރުމުގެ މަސައްކަތް ފަށަން ނިންމައިފިކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު ވަޒީރު ހާމަކުރެއްވީ އިއްޔެ ލ. ފޮނަދޫގައި ބޭއްވި ”އެންދެރި ސްމޯލް ގްރާންޓްސް 2024“ ހަވާލުކުރުމުގެ ރަސްމިއްޔާތުގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ލ. އަތޮޅުގެ ޤުދުރަތީ ވަސީލަތްތައް ވަޒަންކުރުމުގެ ގޮތުން ފަށާފައިވާ އެންދެރި މަޝްރޫޢު ނިމުމުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން މި މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސް (ޔޫއެންއެސްޑަބްލިއު) އާއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ގިނަ ޤައުމުތަކުގައި ޤުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަންކުރެވިފައިވީ ނަމަވެސް، ރާއްޖޭގެ އެންމެ މުހިންމު ވަސީލަތްތައް ކަމުގައިވާ ފަރުތަކާއި، ކުޅިފަޅުތަކާއި، މޫދުވިނައިގެ މާހައުލީ ނިޒާމުތައް އަދިވެސް ވަޒަންކުރެވިފައި ނުވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ލ. އަތޮޅުގެ 3 ޖަމްޢިއްޔާއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އަދި ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި 6 މިލިއަން ރުފިޔާ ކައުންސިލަށް ހަދިޔާކޮށްފައިވެއެވެ.

އެންދެރި މަޝްރޫޢުގެ ދަށުން ލ. އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދު ވިނައާއި، ކުޅިފަޅުތަކުގެ މިންވަރާއި ފެންވަރު ބެލުމުގެ ދިރާސާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ދިރާސާތަކުގެ ނަތީޖާ އާންމުކކޮށް، ކަމާ ގުޅުންހުރި މުއައްސަސާތަކަށް ބޭނުންވާ ތަމްރީނު ދިނުމަށްޓަކައި ޔޫއެންއެސްޑަބްލިއުގެ ޓީމެއް ނޮވެމްބަރު މަހު ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ސަބަބުން ލ. އަތޮޅުގެ ޤުދުރަތީ ވަސީލަތްތަކުގެ މުހިންމުކަމާއި އޭގެ އިޤްތިޞާދީ އަގު ދެނެގަނެވި، ދެމެހެއްޓެނިވި ގޮތެއްގައި މި ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: