ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕްރޭޝަނުގެ ތެރެއިން 9 ބިދޭސީއެއް ބެލުމުގެ ދަށަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅުނު 9 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 9 ބިދޭސީއެއް ވަނީ ހިފަހައްޓާފައެވެ. މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ވިޔަފާރީގައި އުޅޭ ބިދޭސީންގެ އިތުރުން ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި 200 އޮފިސަރުން ބައިވެރިވެއެވެ.

އިމިގްރޭޝަނުން ބުނާ ގޮތުގައި، މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން 4000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފައްދައި ވިޔަފާރިކުރަމުން އައި ދެ ބިދޭސީއަކާއި، ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 5 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު ހިމެނެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީން ބައިތިއްބަނީ އާންމު ސަލާމަތަށް ނުރައްކާ ނުވާނެ ތަންތަނުގައިކަން އެމްޕްލޯޔަރުން ކަށަވަރުކުރުން މުހިންމު ކަމަށެވެ. މިކަމާ ގުޅިގެން ނުރައްކާތެރި ގޮތަކަށް ކުދި ގޮޅިތަކުގައި ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްތައްވެސް އިމިގްރޭޝަނުން ވަނީ ކޮށްފައެވެ.

މި އޮޕަރޭޝަންތަކުގެ އިތުރުން، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ބިދޭސީން އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކި ބާވަތުގެ މަޢުލޫމާތު ދީފައެވެ. މީގެ ތެރޭގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި، މަސައްކަތްކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މަޢުލޫމާތު ހިމެނެއެވެ.

އިމިގްރޭޝަނުން މި އޮޕަރޭޝަންތައް ކުރިއަށް ގެންދާނެކަމަށް ބުނެފައިވާއިރު، ރާއްޖޭގައި ދިރިއުޅޭ އެންމެހައި ބިދޭސީން ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިމިގްރޭޝަނުން ގޮވާލައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: