ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން އީރާނަށް ހަމަލާ ދިނުން ވަރަށް ގާތް: ބައިނަލްއަގުވާމީ މީޑިއާތައް

އީރާނުން މިސައިލު ހަމަލާއެއް ދޭ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ތައްޔާރީތައް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ރިޕޯޓުތަކުގައި ބުނެފައިވަނީ އެމެރިކާގެ އޮފފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި އީރާނުން އިސްރާއީލަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ހަމަލާތައް އަމާޒުކުރާނެ ތަންތަން ކަނޑައެޅި ނިމުމާއި ގާތުގައި ކަމަށެވެ.

އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އީރާނަށް ހަމަލާ ދިނުން އެކަށީގެންވެއެވެ. މި ހަމަލާތައް އަމާޒުކުރާނީ އީރާނުގެ އަސްކަރީ ވަސީލަތްތަކާއި ހަކަތަ އުފެއްދުމުގެ ވަސީލަތްތަކަށް ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ހަމަލާ ދޭނެ ވަކި ވަގުތެއް ނުވަތަ ގޮތެއް އަދި ކަނޑައެޅިފައި ނުވާކަމަށް މި ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އިސްރާއީލުން މި ހަމަލާއާ ގުޅޭ ތަފްސީލުތައް އެމެރިކާއާ ހިއްސާކޮށްފައި ނުވާކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އިސްރާއީލުގެ އަމާޒުތަކުގެ ތެރޭގައި ނިއުކްލިއަރ ހަކަތައިގެ މަސައްކަތްތަކަށް ނުވަތަ ވަކި ވަކި ފަރުދުންނަށް އަމާޒުކޮށްގެން ހަމަލާ ދިނުން ނުހިމެނޭ ކަމަށް އޮފިޝަލުން މަޢުލޫމާތު ދީފައިވެއެވެ.

އީރާނުން ފަހުން ދިން 180 މިސައިލުގެ ހަމަލާއާ ގުޅިގެން ބަދަލު ހިފުމަށް އިސްރާއީލުން ވަޢުދުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިންވެސް އީރާނުން 300 ޑްރޯން އަދި މިސައިލު ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާ ދީފައިވާކަން މީޑިއާތަކުގެ ރެކޯޑުތަކުން ދައްކައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ގެއްލުން ދިނުމަށް އިސްރާއީލުން ދޭ ހަމަލާއަކަށް އެމެރިކާއިން އެއްބާރުލުން ނުދޭނެކަމަށް ބުނެފައެވެ. އަދި އީރާނުގެ ތެޔޮ އުފެއްދުމުގެ މަސައްކަތްތަކަށް ގެއްލުން ދިނުން ނޫން އެހެން ގޮތްތަކެއް ހޯދުމަށް އިސްރާއީލުގައި އިލްތިމާސްކޮށްފައިވާކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: