ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުކްލިއަރ ހަތިޔާރުތައް ނައްތާލާ، އެއީ މަރުގެ ވަސީލަތްތަކެއް: ގުޓޭރެޒް

ނިއުކްލިއަރ ހަތިޔާރާއި ދެކޮޅަށް ކުރާ ސިޔާސީ މަސައްކަތްތަކުގެ ތެރެއިން ހަރުކޮށްފައިވާ ޕޯސްޓަރެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއިން ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އދގެ ސެކްރެޓަރީ ޖެނަރަލް ގުޓޭރެޒްވަނީ ނިއުކްލިއަރ ހަތިޔާރުތަކަކީ މަރުގެ ވަސީލަތްތަކެއްކަމަށް ފާހަގަކޮށްފައެވެ. އަދި އެތަކެތި ނައްތާލުމަށްވެސް ގޮވާލެއްވިކަމަށެވެ. ގުޓޭރެޒްވަނީ ގައުމުތަކުން ކުރިމަގާއިމެދު ވިސްނައި ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެ ވަސީލަތްތައް ނައްތާލުމަށް ގޮވާލާފައިކަމަށެވެ.

ގުޓޭރެޒް ވިދާޅުވީ، ނިއުކްލައަރ ހަތިޔާރުތަކަކީ މުޅި އިންސާނީ ދަރިފަސްކޮޅަށް އޮތް ނުރައްކަލެއްކަން ސާފުކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ދެކެވެމުންދާ ވާހަކަތަކުގެ ތެރެއިން އަނެއްކާވެސް ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރުމުގެ ވާޙަކަތައް އަދި އެކަމާއި ދެކޮޅަށްވެސް އަޑުތައް އިވެމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، ގައުމުތަކުގެ ލީޑަރުން ފެންނަމުންދާ ކަންކަމަށް ސާފުކޮށް ބަލާލުން މުހިންމުކަމަށާއި ނިއުކްލިއަރ ހަތިޔާރުތަކަކީ މަރުގެ ވަސީލަތްތަކެއްކަން ބަލައިގަންނަން ޖެހޭކަމަށެވެ. ގުޓޭރެޒް ވިދާޅުވީ، އެތަކެތިން ލިބޭނެ އަމާންކަމެއް ރައްކައުތެރިކަމެއް ނުވަތަ ސަލާމަތެއްވެސް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ބޮޑުވަމުންދާ ނިއުކްލިއާރ ހަމަލާއެއްގެ ނުރައްކާތައް ނައްތާލުމަށް އޮތީ އެންމެ ގޮތެއްކަމަށާއި އެއީ އެފަދަ ހަތިޔާރުތައް މުޅި ދުނިޔެއިންވެސް ނައްތާލުންކަމަށެވެ.

މީގެ ކުރިންވެސް ގުޓޭރެޒްވަނީ އެކި ފުރުސަތުތަކުގައި މިފަދަ އިންޒާރުތައް ދެއްވާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި މެސެޖުގައި އޭނަވީ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ އިތުރުން ޓެސްޓުކުރުން ފަދަ ކަންކަމާއި ދެކޮޅަށް އެތައް ޒަމާނެއްގެ މަތިން ކުރަމުން އައިސްފައިވާ ބުރަ މަސައްކަތްތައް ބޭކާރުވުމާއި ގާތަށް ގޮސްފައިވާކަމަށް އަލިއަޅުއްވާފައެވެ. އަދި ނިއުކްލިއަރ ބާރުވެރިކަން ދޫކޮށްލުމަށް ގައުމުތަކަށް ގޮވާލެއްވިއިރު އޭނާވަނީ އިތުރަށް އުފެއްދުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަރުގަދަކުރުމަށް ގޮވާލާފައިކަން ރިޕޯޓުތަކުން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: