ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ހާއްސަ ހަރުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހާއްސަ ހަރުގެ ޖަލްސާއެއް މިރޭ ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްަމަށް ޕީއެންސީން މިއަދު ހާމަކޮށްފިއެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.

މިރޭގެ ޖަލްސާގައި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް ޕީއެންސީން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕީއެންސީގެ ހަރުގެ ހުޅުވުނު ފަހުން، ކޮންމެ ހަފްތާއަކު ވެސް ޕާޓީގެ އާންމު މެންބަރުންނަށް ހާއްސަކޮށްގެން ސިލްސިލާ ޖަލްސާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޕީއެންސީން ބުނެއެވެ. އަދި މި ޖަލްސާތަކުގެ ތެރެއިން ބައެއް ޖަލްސާތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަވެއެވެ.

ޕީއެންސީގެ މި ހާއްސަ ހަރުގެ ޖަލްސާއަކީ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، ޕާޓީގެ ސިޔާސަތުތަކާއި ޚިޔާލުތައް ހިއްސާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެއް ކަމަށް ޕީއެންސީން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: