ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޓެކްސް، ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން އިސްލާހެއް މަޖިލީހަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓްތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާދަމާގެ ޖަލްސާއަށް ވަނީ ހުށަހަޅާފަ އެވެ. އިސްލާހުތައް ހުށަހަޅާފައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި ހާއްސަކޮށް ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކުހުގެ މިންވަރު އިތުރު ކުރުމަށެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ބަނީ މިހާރު ނަގަމުން އަންނަ ޓީޖީއެސްޓީ، އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން 17 އަށް ބަދަލު ކުރުމަށެވެ.

މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް 200 މިލިއަން ޑޮލަރުގެ އިތުރުވުމެއް އަންނާނެކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އިތުރު އިސްލާހެއް ހިމަނާފައިވާ، ގްރީން ޓެކްސް 50 އިންސައްތަ އިތުރު ކުރުމަށް ނިންމިއިރު، 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓުއަރިޒަމް ހިދުމަތް ދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާ ގޮތަށް ވަނީ ނިންމާފަ އެވެ.

ރިސޯޓުތަކުން ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި، 12 ޑޮލަރު ނަގާ ގޮތަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާގޮތަށް ހިމަނާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

މާދަމާ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބިލު އެޖެންޑާކޮށް، ވެބްސައިޓުގައި މިހާރު ވަނީ ބިލު ޝާއިއުކޮށްފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: